ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ ބްރޭންޑް ފަރުމާކޮށްގެން 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު

MMA
STO_Ads
TTH_Ads
Advertisement

މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ގައުމީ ހަރަކާތްތަކަށް މެސްކޮޓަކާއި ބްރޭންޑް އައިޑެންޓިޓީއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މުބާރާތެއް އިއުލާންކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ބުނީ އެ މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް 100,000 ރުފިޔާގެ ބޮޑު އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައި ކަމަށެވެ. އެމްއެމްއޭއިން ބުނީ އެ މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ވަކިން ހާއްސަކޮށް ޒުވާނުންނަށް، މާލީ ދުޅަހެޔޮކަމާއި ޒިންމާދާރު މާލީ ނިންމުންތައް ނިންމުމަށް ހިތްވަރުދޭނެ ފަދަ ގައުމީ އައިޑެންޓިޓީއެއް ބިނާކުރުން ކަމަށެވެ.

އެ މަސައްކަތުގެ ތެރޭގައި ފައިނޭންޝަލް ލިޓްރަސީއަށް ހާއްސަ މެސްކޮޓެއްގެ އިތުރުން، ލޯގޯ އަދި ބްރޭންޑް ޓައިޕޯގްރަފީ ފަރުމާކުރުން ހިމެނޭކަމަށް އެމްއެމްއޭއިން ބުންޏެވެ. އެ މުބާރާތަށް ހުށަހަޅާ ފަރުމާތަކަކީ ދިވެހިވަންތަކަން ރަމްޒުކޮށްދޭ، ސަގާފީ ގޮތުން ގުޅުންހުރި އަދި ޒަމާނީ ފަރުމާތަކަކަށް ވާންޖެހޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

HajjCop_ads
MMA_Ads
Advertisement

އުންމީދަކީ އެ ބްރޭންޑް މެދުވެރިކޮށް ފައިސާ ރައްކާކުރުމާއި، ބަޖެޓުކުރުން އަދި ޑިޖިޓަލް ފައިނޭންސް ފަދަ މުހިންމު ދާއިރާތަކުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުންކަމަށް އެމްއެމްއޭއިން ބުންޏެވެ. އެ މެސްކޮޓް ވެގެންދާނީ ސްކޫލުތަކާއި، މީޑިއާ ކެމްޕެއިންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ “މާލީ އެކުވެރިއަކަށް” ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ދިވެހި ފަރުދުންނަށާއި، ގްރޫޕްތަކަށް އަދި ކުންފުނިތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ އެ މުބާރާތުގައި، ހޮވޭ އެންމެ ފުރިހަމަ ފަރުމާ ވެގެންދާނީ ރާއްޖޭގެ މާލީ ހޭލުންތެރިކަމުގެ ރަސްމީ ބްރޭންޑަށްކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުންތައް އީމެއިލް ކުރަންޖެހޭނެ ކަމަށާއި، މުބާރާތާ ގުޅޭ އިތުރު މައުލޫމާތާއި އުސޫލުތައް އެ އޮތޯރިޓީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mma

އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖެއަށް ތަޢާރަފްކޮށްފި

bml

މޭމަހުގެ ނިޔަލަށް ބީއެމްއެލްއިން 345 މިލިއަން ޑޮލަރު ވިއްކައިފި

އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުުރުކޮށްފި