ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި

majilis
STO_Ads
TTH_Ads
Maldivian_Ads
Advertisement

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު” އަށެވެ. މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ސަރުކާރުން ބަޔާންކުރައްވާފައިވަނީ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ. އަދި ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހެ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމަކީވެސް މި ޤާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

HajjCop_ads
Advertisement

އެލްޖީއޭއަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާއެވެ. އެ އޮތޯރިޓީގެ މުވައްޒަފުން މިހާރު ޤާނޫނު އޮތްގޮތުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެލްޖީއޭގެ ބޯޑަށެވެ.

ނަމަވެސް ސަރުކާރުން ޤާނޫނަށް ހުށަހަޅުއްވާ އިސްލާހުގައި އެލްޖީއޭގެ ބޯޑަށް، އެ އޮތޯރިޓީއަށް މުވައްޒަފުން އައްޔަން ކުރުމުގެ ބާރު އުނިކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، އިސްލާހުގައި ބަޔާންކޮށްފައިވާގޮތުގައި އެ އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައޔަންކޮށް، ވަކިކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާގޮތުގައި އެލްޖީއޭއަށް މުވައްޒަފުން އައްޔަންކޮށް، ވަކިކުރުމާއި މުވައްޒަފުންނާގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔާއަކީ ސީއީއޯއެވެ. އަދި އެ އޮތޯރިޓީގެ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ސަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި އިސްލާހުގައި ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހެ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވަނީ ހިމަނުއްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި