ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހާ ގުޅުވައިގެން “ބަހުސް ސެޝަން” ބާއްވައިފި

TTH_Ads
STO_Ads
Advertisement

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅުވައިގެން، ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނުން އިންތިޒާމްކުރި ބަހުސް ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިރޭ ޝަރަފުވެރިކޮށްދެއްވައިފި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސް (އެފްއެޗްއެސް) ގައި ކުރިއަށްދި މި ބަހުސް ސެޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާން އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާ އެވެ.

މި ބަހުސްގެ މައުލޫއަކީ، “ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ.” ދެ ޓީމަކުން ކުރިއަށް ގެންދިޔަ މި ބަހުސްގައި ޓީމް-އޭއިން މައުލޫއާ އެއްކޮޅަށް ބަހުސްކުރިއިރު، ޓީމް- ބީއިން ބަހުސްކުރީ މައުލޫއާ ދެކޮޅަށެވެ.

HajjCop_ads
Advertisement

ދިވެހިރާއްޖޭގައި ނަރސިންގްގެ ދާއިރާއިން ކުރިއަށް ދިއުމާ، މި ދާއިރާ އިތުރަށް ފުޅާކޮށް، އާ ފުރުސަތުތަކެއް ހޯދައިދިނުމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލެވިގެންދިޔަ މިރޭގެ ބަހުސް ސެޝަންގައި ދާއިރާގެ ޢަމަލީ އަދި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ބަހުސް ބައްލަވާލެއްވުމަށްވެސް ދާއިރާގެ ގިނަ ޢަދަދެއްގެ ބޭފުޅުން ވަޑައިގެންނެވި އެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 12 ވަނަ ދުވަހެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

461458 52c730e7 1

ނަރުހުންގެ ކުރިއެރުމަށް އިންވެސްޓުކުރުން މުހިންމު: މެޑަމް ސާޖިދާ

ބަލިމީހާއަށް ނަރުހުންކޮށްދެނީ ވަރަށް އަގުހުރި ޚިދުމަތެއް: ރައީސް