ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެތަލްފެނެޑޭޓް އެތެރެކުރަން ހުއްދަ ދިނުމަށް މަޖިލީހުން ރުހުންދީފި

majilis
STO_Ads
TTH_Ads
Advertisement

އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުން މިގޮތަށް ރުހުން ދީފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1އަށް އިސްލާހު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށްފަހުއެވެ. މި މައްސަލަ ދިރާސާކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީންނެވެ.

އެޑީއެޗްޑީ ނުވަތަ އެޓެންޝަން-ޑެފިސިޓް، ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއްކަމަށްވާ މެތަލްފެނެޑޭޓް، ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައިވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ ތެރޭގައި ހިމެނޭ މިބޭސް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ހިމެނޭ މަނާތަކެތީގެ ލިސްޓުން އުނިކުރުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފެނިވަޑައިގަންނަވާކަމަށް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ބޭހަށް ހުއްދަ ދިނުމަށެވެ. މިއާއެކު މަޖިލީހަށް ކޮމިޓީ ރިޕޯޓު ހުށަހެޅުމުން ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ ލިސްޓުން އެ ބޭސް އުނިކޮށް، ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތެވެ. ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެކަމުގެ ޢަލާމާތްތައް ކުޑަކުރެވޭކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

މިބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންވާ މުހިއްމު ބޭހެއްކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން

majilis

ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް

މި އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ދާއިމީ މިސްކިތްތައް ބިނާކޮށް ނިމޭނެ