ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑޮކިއުމެންޓްރީއާ ގުޅޭ ކޯޓު އަމުރާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އެދިއްޖެ

Election commission
TTH_Ads
STO_Ads
Advertisement

އަދަދު ނޫހުގެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮަތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފި އެވެ.

އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެެެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ އެ ކޯޓުން އަމުރެއް ނެރުނީ އިއްޔެ އެވެ.

ކޯޓުން މިފަދަ އަމުރެއް ނެރުއްވީ އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި، އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޛުފުގެ ކުށުގެ ދަޢުވާ މިއަދު އެ ކޯޓަށް ހުށައެޅުއްވުމާއި ގުޅިގެން ނެވެ.

MMA_Ads
HajjCop_ads
Advertisement

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ “ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު” ނެރުއްވާފަ އެވެ.

އެ އަމުރުގައި ވަނީ ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އަދަދުގެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖްތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފަ އެވެ.

މި އަމުރަށް ބޯނުލަނބާ ނަމަ އެއީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި މެސެޖުގައި ވަނީ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށް އެދިފަ އެވެ.

މިވެރިކަން ފެށުނު ފަހުން އަދަދު ނޫހުން އަންނަނީ ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް ދޮގު ވާހަކަތައް ފަތުރަމުން ނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
MMA_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ

election

ހިތަދޫ އުތުރު ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް

މީދޫ ކައުންސިލުގެ އިތުރުބުރަށް، ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި