ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައިބަރ ވެށި ރައްކާތެރިކުރުމަށް މުހިންމު ބިލެއް މަޖިލީހަށް ހުށަހަޅައިފި

majilis
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުމާ ގުޅޭ މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތައާރަފުކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހެވެ.

މި ބިލުގެ މައިގަނޑު ބޭނުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ދައުލަތާއި އަމިއްލަ ފަރާތްތަކުގެ މުހިންމު އިންފޮމޭޝަން ސިސްޓަމްތަކާއި އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމެވެ. ހަމައެހެންމެ، އެތެރޭގެ އަދި ސަރަޙައްދީ ސައިބަރ ތްރެޓްތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވައި އަދި އެކަންކަމަށް އިޖާބަދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުން ވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މިކަންކަން ރާވައި ހިންގުމަށްޓަކައި ޚާއްސަ “ސައިބަރ ސެކިއުރިޓީ އެޖެންސީ” އެއް އުފައްދައި، އެ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗާގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކުގެ ސަލާމަތީ މިންގަނޑުތައް ބައިނަލްއަގުވާމީ ސްޓޭންޑަޑްތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ގައުމީ ފެންވަރެއްގައި ބައްޓަންކުރުމަށް މި ބިލުން މަގުފަހިކޮށްދޭނެއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް މާހައުލުގެ އަމާންކަން ކަށަވަރުކުރުމަށް ސަރުކާރުން އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެކެވެ.

HajjCop_ads
MMA_Ads
Advertisement

Ads_MTCC
MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

hulhumale

އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިއްޖެނަމަ ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ އިސްލާހެއް ހުށަހަޅައިފި

43

ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

Majilis

ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި