ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްލާސްޓިކް ރީސައިކަލް ކުރާ މަރުކަޒުގެ ބިންގާ އަޅައިފި

HHotQBXbUAAsxcC
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގެ ފުރަތަމަ ޕީއީޓީ ޕްލާސްޓިކް ކުނި ޕްރޮސެސް ކުރާ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މި މަރުކަޒު ތަރައްޤީކުރަނީ ތިލަފުށީގައެވެ.

ޕްލާސްޓިކް ކުނި ޕްރޮސެސްކޮށް، އަލުން ބޭނުންކުރެވޭ އަގުހުރި ރޯ މެޓީރިއަލްއަށް ބަދަލުކުރުމަށް ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ފެސިލިޓީގެ ބިންގާ އަޅައިދެއްވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މޯލްޑިވްސް އެއިރޭޓަޑް ވޯޓަރ ކޮމްޕެނީ އަދި ދަ ކޯކާ-ކޯލާ ފައުންޑޭޝަން ގެ މަންދޫބުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވަނީ ކުނި މެނޭޖްކުރުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ. ދެމެހެއްޓެނިވި ޙައްލުތައް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރައްވާ ވިދާޅުވީ މި ފެސިލިޓީއަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، ކުރިމަގުގައި މިފަދަ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

HajjCop_ads
Advertisement

 

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްއިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގައި ޕްލާސްޓިކް ރިސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވުމަށާއި، ޕްލާސްޓިކް ކުނި މެނޭޖްކުރުމުގައި އިޤްތިޞާދީ އުސޫލެއް ގެންގުޅުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޯޕާއިން ފާހަގަކުރެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޮޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވީ ރަނގަޅު ނިޒާމުތަކާއި، ބައިވެރިވުންތަކާއި، ވަސީލަތްތަކާއެކު ޕްލާސްޓިކަކީ އިޤްތިޞާދަށް ފައިދާހުރި އަދި ރާއްޖެ ސާފުކޮށް ބޭއްވުމަށް އެހީތެރިވެދޭނެ އަގުހުރި ވަސީލަތަކަށް ހެދިދާނެ ކަމަށެވެ. މި އިސްނެގުމުގެ ސަބަބުން މިހާރު ޕީއީޓީ އެއްކޮށް ބޭރަށް ފޮނުވާ މިންވަރު ތިން ގުނަ އިތުރުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ތިލަފުށީގައި ގާއިމުކުރާ މޮޕާސައިކަލް ޕީއީޓީ ފްލޭކިންގ އެންޑް ވޮޝިންގ ލައިން ފެސިލިޓީ އަކީ 5,000 އަކަފޫޓުގެ ޕްލާސްޓިކް ޕްރޮސެސްކުރާ ފުރިހަމަ ނިޒާމަކާއެކު ތަރައްޤީކުރާ މަރުކަޒެކެވެ. މި މަރުކަޒުން ކުރާ މަސައްކަތުގެ ތެރޭގައި، ކުނި ބަލައިގަތުމާއި، ލޭބަލް އަދި މަތި ނެގުމާއި، ފްލޭކް ކުރުމާއި، ހޫނު އަދި ފިނި ފެނުން ދޮވުމާއި، އަދި ހިއްކުން ހިމެނެއެވެ. އަދި ބޭނުންކުރާ ފެނުގައި ހުރެދާނެ މައިކްރޯޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އީޓީޕީ ވޯޓަރ ޓްރީޓްމަންޓް ނިޒާމެއްވެސް މިތަނުގައި ހުންނާނެ ކަމަށް މޯޕާއިން ބުންޏެވެ. މި ފެސިލިޓީ ހިންގަން ފެށުމުން، ޕީއީޓީ ކުނި ބޭނުންކޮށްގެން ފޮތި އުފެއްދުމަށް ބޭނުންވާ ރިސައިކަލް ކުރެވިފައިވާ ބާވަތްތައް އުފެއްދި، ޕްލާސްޓިކް ކުނީގެ އަގު އިތުރުވެގެންދާނެ ކަމަށް މޯޕާއިން ބުންޏެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20260825

އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަޒީ ޢައްޔަންކުރުމަށް ކޮމިޓީން ރުހުންދީފި

male city

މާލޭގައި 4 ޕޭ ޓޮއިލެޓް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް 85 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާކަމަށް މާލީ ހިސާބުތަކުން ދައްކައިފި