ތެލެސީމިއާ ތަޙައްމަލުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ބަދަހި ޤައުމެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން، ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށެވެ.
ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް. ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީ ބަދަހި ޤައުމެއް ބިނާކުރުމަށް.
Advertisementތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ… pic.twitter.com/SEQZ0m47Bt
— Dr Mohamed Muizzu (@MMuizzu) May 8, 2026
އަދި ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށް މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
“ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ އަޅުގަނޑުމެންގެ ދަރީން. އަޅުގަނޑުމެންގެ ޢާއިލީ މެންބަރުން” ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޢާއިލާތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާ އަދި މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.






ކިޔުންތެރިންގެ ހިޔާލު