ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“އުސޫލަށް ގެނައި ބަދަލަކީ، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދޭން ގެނައި ބަދަލުތަކެއް”

460670 88c4ae42 9
STO_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލަކީ، ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ގެންނެވި ބަދަލެއް ކަމަށް، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލަކީ، ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ގެންނެވި ބަދަލެއް ކަމުގައި، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ”ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ސްޕޯކްސްޕަރސަން ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ތެލާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ އެކި ކަންކަމަށް ބޭނުންވާ ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަޅުގަނޑުމެން އެންމެން ބަރޯސާވެފައިވާ ކަމަށެވެ. އެހެން ކަމުން ބޭންކަށް ގަންނަން ލިބޭ ޑޮލަރު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމާއި ކާޑު ތަކުން ކުރެވޭ ނަހަމަ މުއާމަލާތްތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުން ފިޔަވައި އިތުރު އެހެން ނިންމެވުމެއް ނިންމަވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ދުވާލަކަށް ބޭންކުން ޑޮލަރު ވިއްކާނެ އަދަދެއް ކަނޑައަޅައި، ޓީޓީ އަށް ޑޮލަރު ބޭނުންވާ ފަރާތްތަކުން ޓީޓީ ހުށަހަޅާ ގަޑިއަކީ ބޭންކުގެ ރަސްމީގަޑި ކަމުގައި ހަމަޖައްސަވާފައެވެ.

HajjCop_ads
Advertisement

ސްޕޯކްސްޕަރސަން ވިދާޅުވީ 2026 އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި ބޭންކް އޮފް މޯލްޑިވްސް އިން މި ގެނައި ބަދަލަކާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕަރސަން ވަނީ، 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވި ފަސް ރަސްމީ ދަތުރުފުޅަކަށް ހިނގާފައިވާ ޚަރަދުގެ ތަފްޞީލް ވެސް ހާމަކުރައްވާފައެވެ. އެއީ 2025 ވަނަ އަހަރު މެލޭޝިއާ، ސިންގަޕޯރ، ޤަތަރުގެ ވެރިރަށް ދޯހާ، އަދި އިނގިރޭސިވިލާތަށް ކުރެއްވި ދެ ދަތުފުޅެވެ. މީގެ އިތުރުން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވާ އާރު.ޓީ.އައި ތަކުގެ އަދަދާއި ޖަވާބުދެއްވާފައިވާ އަދުދުގެ ތަފްޞީލްވެސް ވަނީ ހިއްސާކުރައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ނޫސްވެރިން ކުރެއްވި އެކި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގައި ނެތްފަދަ ފީޗާއެއް މިމަހު ސްވައިޕަށް ތަޢާރަފްވާނެ: ޝަރީފް

BML card

ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

BML

ބީއެމްއެލްއިން ‘ސްޕްލިޓް ޕޭ’ ގެ ހިދުމަތް ތައާރަފުކޮށްފި

bml

ޑޮލަރު އިންވެސްޓްމަންޓް ޕްރޮގްރާމާއެކު އީ-ކޮމާސް ލިމިޓަށް ބޮޑު ލުޔެއް