ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ، ސަމާލުވޭ!

TTH_Ads
STO_Ads
Advertisement

ކުރިއަށްއޮތް ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓުން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނީ ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޮސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ހުކުރު ދުވަހަށްވުރެ ބޮޑަށް ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. އަދި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެކަމަށްވެސް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ. އެ އިދާރާއިން ބުނީ ހޮނިހިރުން ފެށިގެން އެކި ސަރަޙައްދުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮސް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ.

HajjCop_ads
Advertisement

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުންޏެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށްއޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 6-4 ފޫޓު ހުންނާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 3-5 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުންޏެވެ.

އެހެންކަމުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ދުރާލާ ސަމާލުވުމަށް އެ އިދާރާއިން އަބަދުވެސް އިލްތިމާސްކުރެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް ކުރާ ވިއްސާރަ އިތުރުވާނެ ކަމަށް ލަފާކޮށްފި 

Moosun

ލ އަތޮޅުން އައްޑޫއަށް ހުދު ސަމާލު

moosun raining

ކުރިޔަށް އޮތް 2 ދުވަހު ވެސް ވާރޭ ވެހޭނެ: މެޓް އޮފީސް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި