ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި އެމެރިކާއާ ދެމެދު ދިފާޢީ އަދި ސަލާމަތީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

43
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ދިފާޢީ އަދި ސަލާމަތީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ބުދަ ދުވަހު، ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސީނިއަރ ޑިފެންސް އޮފިޝަލް އަދި ޑިފެންސް އެޓާޗޭ، ލެފްޓިނެންޓް ކާނަލް މެތިއު އޭ. ހައުސް އާ ދެމެދު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދު ދިފާޢީ އަދި ސަލާމަތީ ކަންކަމުގައާއި، ކަނޑުމަތީގެ ސަލާމަތާ ގުޅޭގޮތުންނާއި، ދެފަރާތުގެ މަސްލަޙަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށެވެ.

HajjCop_ads
Advertisement

މިއަހަރަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ.

ދެ ޤައުމުގެ ދެމެދުގައި 2020 ވަނަ އަހަރު ވަނީ ދިފާޢީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތީ ޤާބިލުކަން އިތުރުކުރުމަށް އެމެރިކާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަސްކަރީ ތަމްރީނާއި އެހީތެރިކަންމީގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމާއި ތަމްރީނު ދިނުން ހިމެނެއެވެ.

މިއަހަރުގެ ކުރީކޮޅު އެމެރިކާއާއި ރާއްޖެ ގުޅިގެން ވަނީ ‘އެކްސަސައިޒް ފްލޭޝް މެޓަލް’ ގެ ނަމުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުތަކުގެ މަޤުޞަދަކީ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމާއި، ޚާއްޞަ ހަނގުރާމަމަތީ ޤާބިލުކަން އިތުރުކުރުމާއި، ކަނޑުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ.

ހަމައެއާއެކު، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަމަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ސަރޖިއޯ ގޯރ ވަނީ މިދިޔަ މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ދިފާޢީ އަދި ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރާއްޖެ އާއި ވިއެޓްނާމާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Qw

ކެންޔާއާއެކު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖެއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

Foreign ministry

ބެލީޒްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުވައިފި

Foreign ministry

ސަޢުދީއަށް ޙޫޘީ ހަނގުރާމަވެރިން ދިން ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި