ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ޖަވާބު މިއަދު ދޭނެ، ބުނަނީ ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިވެގެން ކަމަށް

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު:
STO_Ads
TTH_Ads
Advertisement

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދުމަށްޓަކައި، އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަށް އީރާނުން މިއަދު ރަސްމީގޮތުން ޖަވާބެއް ދޭނޭ ކަމަށް ޚަބަރުތައް ފެތުރެމުން އެބަ ދެއެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ކަންތައްތަކަށް އީރާނުން ދޭ ޖަވާބު ހަވާލުކުރާނީ ޕާކިސްތާނާއެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އީރާނާއެކު އެއްބަސްވުމެއް ހެދުމަށް އެމެރިކާ ވަރަށް ސީރިއަސްކަމަށް ފެންނަ މަންޒަރުތަކުން އެނގޭ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ފަށާނީ ވާހަކަތަކުގެ އޮނިގަނޑަކަށް ފުރަތަމަ އެއްބަސް  ވެވުމުންނެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނެއް މިއަދު ވިދާޅުވީ، ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިކަމާއެކު ވާހަކަތަކުގައި ބައިވެރިވެގެން ކަމަށެވެ. އީރާނަށް ބިރު ދައްކައި އިންޒާރުތައް ދީގެން ނަތީޖާއެއް ނުނެރެވޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިން ބޭއްވި ވާހަކަތަކުން ވެސް ނަތީޖާއަކާ ހަމައަށް ނުދެވުނީ އެމެރިކާ އަމިއްލަ މަސްލަހަތަށްވުރެ އިސްރާއީލުގެ މަސްލަހަތު އިސްކުރުމުން ކަމަށް ގަބޫލުކުރެވިފައި ވެއެވެ.

އީރާނުން ހުށަޅާފައިވާ އެއްކަމަކީ، މި މަރްހަލާގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ނުބޭއްވުމަށެވެ.

އޭގެ ބަދަލުގައި އީރާނުން ހުށަހަޅާފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމަ ހުރިހާ ކޮޅަކުން ނިމުމަކަށް ގެނައުމެވެ. އީރާނަށް އަލުން ހަމަލާ ނުދޭނޭކަމުގެ ޔަގީންކަން އދގެ ސަލާމަތީ މަޖިލިސްގެ ތެރެއިން ދިނުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވާލުން އީރާނުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މިކަންކަން ހާސިލްވުމުން، ދެވަނަ ފިޔަވަހީގައި ނިއުކްލިއަރ  ޕްރޮގްރާމާ ގުޅޭ ވާހަކަތަކަށް ތައްޔާރު ކަމަށް އީރާނުން ގެންދަނީ ބުނަމުންނެވެ.

އެކަމަކު، އީރާނުން ހުށަހަޅާފައިވާ ގޮތަށް އެމެރިކާ އެއްބަސްވެދާނެ ކަމާމެދު އަދިވެސް ޔަގީންކަމެއް ނެތެވެ. އެމެރިކާއިން ޑިމާންޑް ކުރަމުންދާ ގޮތަށް އެއްބަސްވާން އީރާނުން ދެކޮޅު ހެދުމާއި، އެމެރިކާގެ ރައީސް ގޮތް ދޫނުކޮށްފިނަމަ ވާހަކަތަކުން ނަތީޖާއެއް ނުނިކުންނާނޭ ކަމަށް، ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ.

އެމެރިކާއިން ކުރަމުންދާ ޑިމާންޑްތަކުގެ ތެރޭގައި އިސްރާއީލުގެ މަސްލަހަތަށް އިސްކަންދީގެން ކުރަމުންދާ ޑިމާންޑްތަކެއް ހިމެނެއެވެ. ހުރިހާވެސް މައްސަލައަކީ އެއީއެވެ.

އޮނިގަނޑަކަށް އެއްބަސް ވެވުމުން އީރާނާއި އެމެރިކާއާ ދެމެދު އަނެއްކާވެސް ސީދާ ވާހަކަތައް ބާއްވާނޭ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. އަލުން ވާހަކަތައް ބާއްވާނަމަ އޮންނާނީ ކޮން ތަނެއްގައި ކަމެއްވެސް ސާފެއް ނުވެއެވެ.

ޕާކިސްތާނުގެ ޚާރިޖިއްޔާއިން މިއަދު ބުނެފައިވަނީ، ވާހަކަތައް ބޭއްވުމުގެ ފުރުސަތު ބޮޑުކަމަށާއި، އަދި އީރާނާއި އެމެރިކާއާ ދެމެދު ދެން ބާއްވާ ވާހަކަތައްވެސް އިސްލާމްއާބާދުގައި ބާއްވަން ޕާކިސްތާނު އޮތީ ތައްޔާރަށް ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MMA_Ads
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

ފުރަތަމަ ބުރުގެ ވާހަކަތަކަށްފަހު އީރާނުގެ އިސް ވަފުދު ސްވިޒަރލޭންޑުން ފުރައިފި، ޓެކްނިކަލް ވާހަކަތައް ކުރިއަށް