ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާސަންދައިން 3000އަށްވުރެ ގިނަ ބޭސް ދޫކުރާއިރު، ބޭސް ނުލިބޭ މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭ: އާސަންދަ

HHiyoA2a0AAlh0f
Maldivian_Ads
STO_Ads
TTH_Ads
Advertisement

އާސަންދައިން 3000 އަށްވުރެ ގިނަ ބޭސް ދޫކުރާއިރު ރައްޔިތުން ބޭސް ނުލިބޭކަމުގެ ޝަކުވާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމެއްކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ. ޒީނިޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ވާހަކަ ދައްކަވަމުންނެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ ބޭހުގެ މައްސަލައިގައި އެކި މަރުޙަލާތަކުގައި ހައްލު ނުކުރެވިގެން އުޅޭ އެތައް މައްސަލަތަކެއް އެބަހުރިކަމަށެވެ.

ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ކުރާ ޚަރަދުގެ 60 އިންސައްތައަކީ ފާމަސީތަކަށް ކުރާ ޚަރަދުކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި 800 އަށްވުރެ ގިނަ ފާމަސީއަށް އާސަންދައިގެ ދަށުން ބޭސް ލިސްޓުން 3000 އަށްވުރެ ގިނަ ބޭސް ދޫކުރާއިރު ރައްޔިތުން ބޭސް ނުލިބޭކަމުގެ ޝަކުވާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމެއްކަމަށް ޒީނިޔާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

އަޅުގަނޑުމެންގެ ޕޭއަބްލްސްގެ ގާތްގަނޑަކަށް ސްކީމްގެ 60 އިންސައްތަ ހޭދަކުރަނީ ފާމަސީތަކަށް، އެހެންވީމަ މިހާބޮޑު ޚަރަދެއްކުރާއިރުވެސް ސްކީމްގެ ތެރެއިން މީހުންނަށް ބޭސްލިބުމުގައި ދަތިތައް އެބަހުރި. އެހެންވީމަ އެބަޖެހޭ ބަލަން މިވަނީ ކިހިނެތްކަން.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެކުލަވާލާފައި އޮންނަ ޑްރަގް ލިސްޓަކަށް ބޭސް އެތެރެކުރާއިރު، އެސެންޝިއަލް މެޑިސިން ލިސްޓު ނުވަތަ ޒަރޫރީ ބޭސް ލިސްޓުގައި ހިމެނޭ ބޭސްތައް ރާއްޖޭގެ ކޮންމެ ފާމަސީއަކުން ލިބެންޖެހޭކަމަށް ކަނޑައަޅާފައިއޮތްނަމަވެސް އެކަން ކަށަވަރު ނުކުރެވޭކަން ޒީނިޔާ ވިދާޅުވިއެވެ. އަދި އެމްއެފްޑީއޭއިން ފާމަސީ ރަޖިސްޓްރީކުރުމުގެ ހުއްދަ ދިނުމުން، ޒަރޫރީ ބޭސް ލިސްޓުގައި ހުންނަ ބޭސްތައް ލިބެންޖެހޭނެކަމަށް އޮތްނަމަވެސް ފާމަސީތަކުން އެގޮތަށް ޢަމަލު ނުކުރާކަމަށާއި އެކަން ބެލޭނެ ނިޒާމެއްވެސް ޤާއިމުވެފައި ނެތްކަމުގެ ކަންބޮޑުވުން ޒީނިޔާވަނީ ވިދާޅުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20260825

އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަޒީ ޢައްޔަންކުރުމަށް ކޮމިޓީން ރުހުންދީފި

male city

މާލޭގައި 4 ޕޭ ޓޮއިލެޓް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް 85 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާކަމަށް މާލީ ހިސާބުތަކުން ދައްކައިފި