ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖޭން ބޭރަށް 167.6 މިލިއަން ޑޮލަރު ފޮނުވައިވޭ: އެމްއެމްއޭ

mma
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރާ ގޮތުގައި، ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖޭން ބޭރަށް ވަނީ ޖުމްލަ 167.6 މިލިއަން ޑޮލަރު ފޮނުވާފައެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. ވިޔަފާރި ނޫން ބޭނުންތަކަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް (އައުޓްވާޑް ރެމިޓެންސްގެ ގޮތުގައި) މިދިޔަ އަހަރު 139،000 މުއާމަލާތް ވަނީ ކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވި ފަރާތްތަކަށް ބަލާއިރު، އައުޓްވާޑް ރެމިޓެންސްގެ ބޮޑުބައެއް ހިއްސާކުރަނީ ބިދޭސީންނެވެ. އެގޮތުން 94 އިންސައްތަ މުއާމަލާތް ބިދޭސީން ކޮށްފައިވާއިރު، ބާކީ 6 އިންސައްތަ މުއާމަލާތް ކޮށްފައިވަނީ ދިވެހިންނެވެ. ދިވެހިން ކޮށްފައިވާ މުއާމަލާތްތަކުގެ ނިސްބަތް މަދު ނަމަވެސް، މިއީވެސް 2024 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ އަދަދެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

HajjCop_ads
Advertisement

ރާއްޖޭން ބޭރަށް ފައިސާ ފޮނުވި މިންވަރު އިތުރުވެފައިވާއިރު، ރާއްޖެއަށް އެތެރެވި ފައިސާ ނުވަތަ އިންވާޑް ރެމިޓެންސްގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ރާއްޖެއިން ބޭރުވި ފައިސާއާ ޚިލާފަށް، ރާއްޖެއަށް އެތެރެވި ފައިސާގެ 82 އިންސައްތަ ހިއްސާކުރަނީ ދިވެހިންނެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު ދިވެހިންނަށް ފައިސާ ލިބުނު މިންވަރު ވަނީ 4 އިންސައްތަ އިތުރުވެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mma

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީގެ ތެރެއިން 2 ބިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަދޭ

MMA

ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް އިސްލާހެއް

MMA

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން 51 ޕަސަންޓު އިތުރުކޮށްފި

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ