ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަދަދު ނޫހުގެ ޑޮކިޔުމެންޓްރީއާ ގުޅިގެން އީޝާ މިރޭ ފުލުހަށް ހާޒިރުކުރަނީ

8u
TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުކޮށް އަދަދު ނޫހުން ޑޮކިޔުމެންޓްރީއެއް ނެރުނު މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އީޝާ އަޝްރަފް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

މިދިޔަ އޭޕްރީލް މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ވެސް ވަނީ ބަލައިފާސްކޮށްފައެވެ. ތަހުގީގަށް ބޭނުންވާ އިލެކްޓޯނިކް ސާމާނުތައް އެ އޮފީހުން ފުލުހުން ގެންދިޔައެވެ.

އެ މައްސަލައަ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. އަދި އީޝާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

HajjCop_ads
Advertisement

އީޝާއަށް ފުލުހުން ފޮނުވި ޗިޓްގައިވާގޮތުން އޭނާ ހާޒިރުކުރަނީ  “2026 މާޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުކޮށް، ‘އައިޝާ’ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ” އެވެ.

MWSC_ads
Advertisement
STO_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

police

ފުލުހުންގެ އިމަޖެންސީ ނަންބަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި

8u

ޑްރަގްގެ މައްސަލައެއްގައި މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި