ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭއިން މިދިޔަ އަހަރު 1.1 ބިލިއަން ޑޮލަރު ވިއްކައިފި

MMA
TTH_Ads
STO_Ads
Maldivian_Ads
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ވިއްކާފައިވާކަން އެ އޮތޯރިޓީގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު 998 މިލިއަން ޑޮލަރު އަދި 2023 ވަނަ އަހަރު 994 މިލިއަން ޑޮލަރު އެމްއެމްއޭއިން ވަނީ ވިއްކާފައެވެ. މިދިޔަ އަހަރު ވިއްކި ޑޮލަރުގެ އެންމެ ބޮޑު ބައެއް 60 އިންސައްތަ ދޫކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ ގާތްގަނޑަކަށް 651 މިލިއަން ޑޮލަރު ނުވަތަ 10 ބިލިއަން ރުފިޔާއެވެ.

ސަރުކާރު ކުންފުނިތަކަށް ދޫކުރި ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ތެލާއި، އަސާސީ ކާބޯތަކެއްޗާއި، ބޭހުގެ އިތުރުން މެޑިކަލް ސާމާނު ގަތުމަށާއި ކުންފުނިތަކުގެ ދަރަނި އަދާކުރުމަށެވެ. މީގެ ތެރެއިންވެސް 70 އިންސައްތަ ހޭދަކޮށްފައިވަނީ ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށެވެ. އެގޮތުން ތެޔޮ ގަތުމަށް އެކަނިވެސް އެމްއެމްއޭއިން ވަނީ 460 މިލިއަން ޑޮލަރު އެސްޓީއޯއަށް ވިއްކާފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށް އެމްއެމްއޭއިން 436 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ދަރަންޏާއި ސަރުކާރު ކުންފުނިތަކަށް ދޫކުރި އަދަދު އެކަނިވެސް އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ. އަދި އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކްތަކަށް މިދިޔަ އަހަރު ވަނީ 448 މިލިއަން ޑޮލަރު ދޫކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 25 އިންސައްތަ އިތުރު އަދަދެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

MMA

ބޭރުފައިސާއާއި ބެހޭ އައު ޤާނޫނާއެކު އާމްދަނީ 40 އިންސައްތައަށް އަންނަ މަހު މާރުކުރަން ޖެހޭނެ

Qw

ބޭރު ފައިސާއާބެހޭ ގާނޫނަށް އައި މައިގަނޑު ބަދަލުތަކަކީ ކޮބާ؟

mma

އެމްއެމްއޭގެ އިންޓާންޝިޕަށް 400 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި