ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފި

Majlis
STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގެ މެމްބަރުންގެ ހިމެނޭ ގޮތަށް ގެނައި ބަދަލުތައް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާނުކުރެއްވި ގޮތުގައި، އިޖުތިމާއީ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީގެ ބަދަލުގައި މިހާރު އެ ކޮމިޓީއަށް ހަމަޖައްސާފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.

މެމްބަރު އަސްމާ ރަޝީދު މިހާރު ހިމެނިވަޑައިގަންނަވާ ކޮމިޓީތަކުގެ ތެރޭގައި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ، ގެދޮރުވެރިކަމުގެ ކޮމިޓީ، އަދި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީ ހިމެނެއެވެ.

HajjCop_ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މިފަހުންވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

241 ކޮމިޓީގައި ހިމެނިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހަމަދު އަބްދުﷲ ވަނީ ހަމަޖައްސާފަ އެވެ. އަދި މާލިއްޔަތު ކޮމިޓީގައި ނާޒިމްގެ ބަދަލުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަމީރެވެ.

މީގެ އިތުރުން، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު މަމްދޫހްގެ ބަދަލުގައި އެ ކޮމިޓީއަށް މިހާރު ވަނީ އަހުމަދު ނާޒިމް ހަމަޖައްސަވައިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު ދަންމައިލަނީ

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން