ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ

health ministry
TTH_Ads
STO_Ads

މި ދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެއެވެ.

އެޗްޕިއޭއިން މިހެން ބުނެފައިވަނީ، އެ އިދާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އެގޮތުން އިންފްލުއެންޒާއިން ރައްކާތެރިވުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

HajjCop_ads

• އަތް ދޮވުން: ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން.
• މާސްކް އެޅުން: ބަލީގެ އަލާމާތް ހުރިނަމަ ނުވަތަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުން.
• ސާފުތާހިރުކަން: ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން.
• ބަލިވެއްޖެނަމަ: ގިނައިން ދިޔާ އެއްޗެހި ބުއިން އަދި ބަލި ބޮޑުވާނަމަ ޑޮކްޓަރަށް ދެއްކުން.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ، އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، އެހެން މީހުންނަށް ބަލި ފެތުރުނަނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް ބާރުއަޅުއްވާފައެވެ.

މި ދުވަސްވަރަކީ އިންފިލުއެންޒާގެ އިތުރުން ޑެންގޫ ހުން ވެސް ފެތުރުން އިތުރުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން، އެޗްޕިއޭއިން ވަނީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި އިލްތިމާސްކޮށްފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މަދިރި ކޮންޓްރޯލްކުރަން އެޗްޕީއޭ އިން ޚާއްސަ މަސައްކަތްތަކެއް ފަށައިފި

health ministry

މި އަހަރުގެ މިހާތަނަށް 2,183 ޑެންގީ ކޭސް ރިޕޯޓް ކުރި: އެޗްޕީއޭ

Igmh

އަނެއްކާވެސް ޑެންގީ ބަލީގައި ކުއްޖަކު ނިޔާވެއްޖެ

health ministry

ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑް” ގެ އިނާމަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި