ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުސް އޮފީހަށް ހާޒިރުކޮށްފި، ހުރީ ހަނު!

Igmh
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމް އަޅުވައި ‘އަދަދު’ ނޫހުން އުފައްދާފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން، އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުކުރުމުން ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފިއެވެ.

ހަސަންގެ ގާނޫނީ ވަކީލު ސައްޔާހު ހަލީލް ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގަކަށްވާތީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހަސަން މިއަދު އިޚްތިޔާރުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށް ހެކީގެ ގޮތުގައި ބޭނުން ހިފިދާނެ ކަމަށް ބެލެވޭތަކެތި ގެންގޮސްފައެވެ.

HajjCop_ads
Advertisement

އެ މައްސަލައާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓެއް ފޮނުވައިފައެވެ. އޭނާ ހާޒިރުކުރަނީ މިއަދު 2:30 އަށެވެ. އެ ޗިޓުގައި ސަބަބެއް ކަމަށް ބުނެފައި އޮތީ، “ރައީސް މުހައްމަދު މުއިއްޒު ގަޒްފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އައިޝާ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ” ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ‘އަދަދު’ ނޫހުން ވަނީ ރައީސް މުއިއްޒުއާ އެ ޑޮކިޔުމެންޓްރީއާ ގުޅުވައި ސުވާލެއްކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއީ “ކަނޑައެޅިގެން ދޮގު ކަމަށެވެ” އަދި “ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން” ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ސިނަމާލެ ބްރިޖުމަތީގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ޓޯކޮށްފި

police

މިދިޔަ ހަފުތާގައި ސްކޭމްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލި، އޮޅުވާލުމުގެ މައްސަލަތައް އިތުރުވެއްޖެ

88887

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފި

ޖުމްލަ 24 ދަޅު ބަނގުރަލާއެކު ހުޅުމާލޭން ޒުވާނަކު ހައްޔަރުކޮށްފި