ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮގަސްޓު މަސް ނިމުމުގެކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެށޭނެ: ރައީސް

Raees muiz
TTH_Ads
STO_Ads
Advertisement

އަންނަ އޯގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލްފެރީގެ ޚިދުމަތް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާރުޓީއެލް ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ. މި ޙިދުމަތް ނުދެވި މިހާރު ބާކީ ހުރީ ގާތްގަނޑަކަށް 4 އަތޮޅުކަމަށެވެ. މިކަމުގައި ދިމާވާ އެއް ދައްޗަކީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި އަންނަ ދަތިތައްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022 ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ.

HajjCop_ads
Advertisement

އެންމެ ލަސްވެގެން ޖުލައި، އޮގަސްޓް އާއި ހިސާބަށް ދާއިރަށް މި ބަލަނީ ބާކީހުރި ހުރިހައި އަތޮޅެއް ކަވަރ ކުރެވޭނެކަމަށް. އަދި އޭގެ އިތުރަށް އަޅުގަނޑުމެން ފަށާފައިވާ އަތޮޅުތަކަށް ބޭނުންވާ ސްޕެއަރ ވެސަލްތައްވެސް ހޯދަން އެބަ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހާރު މި ޚިދުމަތް ނުފެށި ވަނީ، މ. އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ. އެންމެ ފަހުން އާރުޓީއެލްގެ ޚިދުމަތް ފެށީ ލ. އަތޮޅުގައެވެ. އެއީ މިދިޔަ މަހުގެ ތެރޭގައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ލިޔުންތެރިން ވާންޖެހޭނީ، ޤައުމު އަބަދުމެ ފަޚުރުވެރިވާނެ، ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ބަޔަކަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

އަލަށް 11 ރަށެއްގައި ޑައިލަސިސް ހިދުމަތް ފަށައިފި