ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަޝީދަށް އިތުރު ވޯޓު ލިބޭނެ ދޮރުތައް ބަންދުކުރުމަށްފަހު އިންތިޚާބާ ބެހޭ ކޮމިޓީން ފަލާހު ތަނާޒުލްވެއްޖެ

43
TTH_Ads
Maldivian_Ads
STO_Ads
Advertisement

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިތުރު ވޯޓު ލިބޭނެ ދޮރުތައް ބަންދުކުރުމަށްފަހު އިންތިހާބާ ބެހޭ ކޮމިޓީން މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ތަނާޒުލް ވެއްޖެއެވެ.

ކުއްލިގޮތަކަށް އިންތިޚާބާ ބެހޭ ކޮމިޓީގެ ބައްދަލުވެއް ބާއްވައި ރޭ 12:00 ގެ ފަހުން ޕާޓީއަށް ވަންނަ މީހުންނަށް އިންތިޚާބުގައި ވޯޓު ނުލެވޭނެ ކަމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދަށް ވޯޓުދިނުމަށް ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީއަށް ވަންނަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން ކުލިގޮތަކަށް ނިންމި ނިންމުމެކެވެ.

ނަޝީދު ވަނީ އެކަން ކުށްވެރިކޮށް، އެއީ ސޯލިހުގެ ފެކްޝަކުން އިންތިހާބަށް ނުފޫޒުފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

HajjCop_ads
Advertisement

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން “ޗެއާޕާސަން އިންތިހާބު ނިމެންދެން” އެ ކޮމިޓީން ތަނާޒުލްވެފައިވާކަން އޭނާ ވަނީ އިއުލާންކުރައްވާފައެވެ.

އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރުން ވަކި ކެންޑިޑޭޓަކަށް ކެމްޕޭންކޮށްދިނުމަކީ އެމްޑީޕީގެ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ. އެކަމަކު ފާލާހު ގެންދަވަނީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށް ކެމްޕޭންކޮށްދެއްވަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލިބެ
ތިޔަ އުޅެނީ ރޫޅަރޫޅާފަ، ރާވަންވެގެންމެވެ. އަހަރުމެން މިތިބީ ދެން ރޭވިޔަ ނުދޭށެވެ. ގައުމުގެ ހަލާކު ދީނުގެ ހަލާކު!

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ