ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއަން ބީޗް ގޭމްސް: ރާއްޖެއިން މޮންގޯލިއާ ބަލިކޮށްފި

STO_Ads
TTH_Ads

ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ، ބީޗް ހޭންޑް ބޯޅަ އިވެންޓުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި މޮންގޯލިއާ އަތުން މޮޅެއް ހޯދައިފިއެވެ.

މި މެޗު ރާއްޖެއިން ކާމިޔާބުކުރި 1-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުން ކުރިހޯދީ މޮންގޯލިއާއެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 11-13 އިންނެވެ. ފުރަތަމަ ސެޓުގައިވެސް ބޮޑު ބައެއްގައި ލީޑު ކުރީ ރާއްޖޭންނެވެ. ފަށައިގެން 4-0 އިންވެސް ލީޑުގައި އޮތް އިރު، އަށްވަނަ މިނެޓާ ހަމައަށްވެސް ރާއްޖެ އޮތީ ލީޑުގައެވެ. އަށްވަނަ މިނެޓުގައި 11-10 އިން ރާއްޖެ ލީޑުގައި އޮއްވައި ގެނައި ބަދަލަކާއެކު މޮންގޯލިއާއިން ކުޅުން ރަނގަޅުކޮށް މި ސެޓު ގެންދިޔައީ އެވެ.

Maldivian_Ads

ފުރަތަމަ ސެޓު މޮންގޯލިއާ އިން ކާމިޔާބުކުރުމާއެކު އައު ހިތްވަރަކާއެކު ރާއްޖެ ޓީމުން ކުރި ކާމިޔާބު މަސައްކަތާއެކު، ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ މޮންގޯލިއާގެ މައްޗަށް 9-13 އިން ކުރިހޯދާފައެވެ

މިއާއެކު ޕެނަލްޓީގައި މޮޅުވެ ރާއްޖެއިން މެޗު ކާމިޔާބުކުރިއެވެ. 2-1 އިން ރާއްޖޭން މޮޅުވި އިރު، ޕެނަލްޓީގައިވެސް ދިޔައީ ވާދަވެރިކޮށެވެ. ޕެނަލްޓީގައި ރާއްޖެއިން ކުރިހޯދީ 6-8 އިންނެވެ.

ޕެނަލްޓީގެ އިތުރުން މުޅި މެޗުގައިވެސް ރާއްޖޭގެ ކީޕަރު އަހުމީމް އަލީ ތަފާތު ދެއްކިއެވެ.

ރާއްޖޭގެ ޝިރާން އަބްދުﷲ 10 ގޯލް ޖެހި އިރު، ތަޖުރިބާކާރު ކުޅުންތެރިޔާ ފަތުހުﷲ އާދަމް އަށް ގޯލް ޖެހިއެވެ. އަދި ކެޕްޓަން މުހައްމަދު ޝަމްނޫޒް ނައީމާއި އަހުމަދު އަލީ، ކޮންމެ ކުޅުންތެރިޔަކު ހަ ގޯލް ޖެހިއެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނިކުތީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އެ މެޗު 2-1 ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެެވެ.

ދެވަނަ މެޗުގައި ޖޯޑަންއާ ދެކޮޅަށް ކުޅުނުއިރު މި މެޗުން ޖޯޑަން މޮޅުވީ 2-0 ސެޓުންނެވެ.

ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދެން އޮތީ އޮމާނާ ދެކޮޅަށް ހުކުރު ދުވަހު ކުޅޭ މެޗެވެ.

އޮމާނުން ކުޅުނު ފުރަތަމަ މެޗުގައި މޮންގޯލިއާގެ މައްޗަށް 0-2 ސެޓުން ވަނީ ކުރިހޯދާފައެވެ.

ޗައިނާގެ ސަންޔާގައި ކުރިޔަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ، ބީޗް ހޭންޑް ބޯޅަ އިވެންޓުގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ މޮންގޯލިއާއާއި ބަންގްލަދޭޝް އަދި އޮމާނުގެ އިތުރުން ތައިލެންޑް، ގަތަރު، ޕާކިސްތާން އަދި ޖޯޑަންއެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް ބީގައެވެ.

ގުރޫޕް އޭގައި ހިމެނެނީ ހޯސްޓު ޗައިނާ، އިރާން، އިންޑިއާ، ބަހްރެއިން، ހޮންގްކޮންގ، ވިއެޓްނާމް އަދި ފިލިޕީންސްއެވެ.

މުޅިން އަލަށް ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމު މި މުބާރާތަށް ކޮލިފައިވެފައިވާއިރު، އޭޝިއަން ބީޗް ގޭމްސްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ބީޗް ހޭންޑުބޯޅަ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން އަފްޣާނިސްތާނު ތަޖުރިބާކާރު ކޯޗެއްކަމަށްވާ ޒަބީހުލް އިސްލާމް އާއި އެކު މި ޓީމު ވަނީ ކުޅުދުއްފުށީގައި ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު