ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުންޏާ މި މަޝްރޫޢު ޙަވާލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ.
އެމްޓީސީސިން ބުނީ އެރަށުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އަދި 733 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން، 9,206 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
MTCC Plc@MTCCPlcProject Update: Design and Build of Harbor Upgrade Works and Boat Beaching Area at Gdh. Faresmathoda
New harbor basin dredging operations are ongoing.
Follow more updates at: projects.mtcc.com.mv #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC


ފަރެސްމާތޮޑާގެ ބަނދަރުގެ ޖާގަ ކުޑަވުމާއި ގުޅިގެން ބޮޑެތި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެރަށުގެ އެއަރޕޯޓަށް ކައިރި ރަށްރަށުން ދަތުރުކުރާ ފަރާތްތަކަށްވެސް އެކަމުގެ ދަތިކަމާ ކުރިމަތިލާންޖެހެއެވެ. އެހެންކަމުން ރައްޔިތުންގެ އެ ކަންބޮޑުވުމަށް މި މަޝްރޫޢާއެކު ފުރިހަމަ ޙައްލެއް ލިބިގެންދާނެއެވެ.
މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، 226.18 މިލިޔަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.