ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ މުޒާހަރާތަކަކީ ރާއްޖޭގެ ތަޞައްވުރު ކިލަނބުކޮށްލަން ކުރާ ކަމެއް: މެންބަރު ޒަރީރު

Igmh
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށްގެންދާ އިހުތިޖާޖުތަކަކީ ރާއްޖޭގެ ތަޞައްވުރު ކިލަނބުކޮށް، ގައުމުގެ މިސްރާބު އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ފާޑުވިދާޅުވެއްޖެއެވެ.

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ހުށަހެޅުއްވި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޒަރީރު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ އިހުތިޖާޖުތައް ކުރުމަކީ ރާއްޖެއަކީ ހަމަޖެހުމެއް ނެތް ގައުމެއްގެ ގޮތުގައި ބޭރު ދުނިޔެއަށް ދެއްކުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ސަރުކާރުން މިހާރުގެ ހާލަތު ބަދަލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވައި، ޒަރީރު ވިދާޅުވީ މިއީ ސަރުކާރަށް އިތުރު ޑިމާންޑްތަކެއް ކުރަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް މައުލޫމާތު ދޭންވާނީ ހަގީގީ ހިސާބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއް ނަމަވެސް، ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޒަރީރު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އެމްޑީޕީން އަންނަނީ މާލޭގެ މަގުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

L 162978382164hr4K

ވިތުހޯލްޑިންގ ޓެކްސް %10އަށް އިތުރުކުރުމަށް ހުށައަޅައިފި