ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަޠަނީ ޚިދުމަތުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

43
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރަމުންދާ “ވަޠަނީ ޚިދުމަތުގެ ބިލު” އަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.

މި ބިލަކީ ޤައުމީ ސަލާމަތާއި ވަޠަނީ ޚިދުމަތާ ގުޅުންހުރި މުހިންމު އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ބިލެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރަމުންދާ މި ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، އެކަމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

މިއީ މި ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމަށް ހޮވޭ ޒުވާނުންނަށް ދިފާއީ ވުޒާރާގެ ފަރާތުން ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ އެވެ. ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގެ ތަމްރީނުތައް ފެށުމަށް ނިންމާފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގަ ޅ. މާފިލާފުށީގައިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ޒުވާނުންނަށް އެ ޒުވާނުން މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭނެ ކަމަށާއި މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ އަސާސީ ތަމްރީނުތައް މިހާރު ވަނީ ނިންމާލައިފައެވެ. އެގޮތުން ވަތަނީ ހިދުމަތުގެ ފުރަތަމަ ޕްރޮގްރާމުގެ އިބްތިދާއީ ތަމްރީނުތައް ފެށީ ސެޕްޓެމްބަރު 27، 2025 ވަނަަ ދުވަހުއެވެ. އެ ތަމްރީނުތައް ނިންމާލީ ޑިސެންބަރު 28، 2025 ވަނަ ދުވަހުއެވެ. އެ ތަމްރީނުގައި 108 ރަށަކުން 350 ޒުވާނުން ބަައިވެރިވިއެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެއިން 344 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފަ އެވެ.

އެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންގެ ތެރެއިން 66 ދަރިވަރަކު ވަނީ އެ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާން ނިންމާފައެވެ. އެއީ 38 ރަށަކަަށް ނިސްބަތްވާ 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން، ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު ދަންމައިލަނީ

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން