ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް!

43
STO_Ads
TTH_Ads
Advertisement

ރޭ އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވީ ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ އެ މީހާއަށް އަނިޔާ ލިބުމާ ގުޅުމެއް ނެތެވެ. އަދި ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނޭދެވޭ އަސަރުކުރާ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

HajjCop_ads
Advertisement

އިދިކޮޅު އެމްޑީޕީން ރޭ ވެސް ވަނީ ކުއްލި ހަރަކާތުގެ ނަމުގައި މާލޭގައި އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގެ ބައިވެރިއަކަށް ވަނީ އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދީފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނަޑެއްލާއިން މީހަކު ހައްޔަރުކޮށްފި

ލިންކެއް މެދުވެރިކޮށް 50،000 ރުފިޔާ ސްކޭމްކޮށްގެން މީހަކު ހައްޔަރުކޮށްފި

ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ