ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ 10 ދުވަހުން ގާދިއްފުށްޓަށް އެރަށާ އެއްވަރުގެ ބިމެއް

Gaadhifushi
STO_Ads
TTH_Ads
Advertisement

ތ. ގާދިއްފުށީގެ ބިން އެންމެ 10 ދުވަހުން ހިއްކާ ނިންމާލައިފިއެވެ. އެރށުން ހިންކީ 11 ހެކްޓަރުގެ ބިމެވެ. މިއީ އެރަށުގެ ދެގުނައަށްވާވަރުގެ ބިމެކެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރަކީ އިންތިޚާބުތަކާ ދިމާކޮށް ނުވަތަ އިންތިޚާބުގެ ނަތީޖާއަކާ ދިމާކޮށް މަޝްރޫޢުތައް ކުރިއަށް ގެންދާ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އޭގެ މިސާލު ދައްކަވަމުން ރައީސް ވަނީ މި މަހުގެ 4 ގައި ބޭއްވި ކައުންސިލް އިންތިޚާބުގައި ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ރަށުން ޕީއެންސީއަށް އެންމެ ގޮނޑިއެއް ނުލިބުނުމަވެސް އެރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓާނުލާކަމަށެވެ. އެގޮތުން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގެ ދަށުން، ގާދިއްފުށިން 11 ހެކްޓަރުގެ ބިން ހިއްކާއިރު، ބިން ހިއްކުމަށް 390 ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެއެވެ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިންއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މިއީ ގާދިއްފުއްޓަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ލިބުނު ބޮޑު ޙައްލެޖެވެ. އަދި ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުވާނެކަމެއްވެސްމެއެވެ.

 

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ލިޔުންތެރިން ވާންޖެހޭނީ، ޤައުމު އަބަދުމެ ފަޚުރުވެރިވާނެ، ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ބަޔަކަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

އަލަށް 11 ރަށެއްގައި ޑައިލަސިސް ހިދުމަތް ފަށައިފި