ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުޑީޝަލް ކައުންސިލު އެކުލަވައިލާ ޑީޖޭއޭ އުއްތަމަފަނޑިޔާރާއި ކައުންސިލުގެ ދަށަށް ބަދަލުކުރަަނީ

muiz
TTH_Ads
STO_Ads

ޖުޑީޝަރީއަށް ގެންނަވަން ގަސްތުކުރައްވާ އިސްލާހީ ބަދަލުތަކުގެ ތެރެއިން ޖުޑީޝަލް ކައުންސިލު އަލުން އެކުލަވައިލާ، އެ ކައުންސިލާއި އުއްތަމަފަނޑިޔާރުގެ ދަށަށް ޖުޑީޝަރީގެ އިދާރީ ގުނަވަން ކަމުގައިވާ ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ބަދަލުކުރެއްވުމަށް ގާނޫނަށް ގެންނަވަަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ދުސްތޫރީ އަދި ގާނޫނީ ނިޒާމަށް ގެނައުމަށް އިއުލާނުކޮށްފައިވާ އިސްލާހީ ބަދަލުތަކާއެކު ކުރިއަށްވަޑައިގަންނަވާނެ ކަމަށެވެ.

އެމަނިކުފާނުވަނީ އެއިން ބައެއް މުހިއްމު އިސްލާހުތައް ތަފުސީލުކޮށް ވިދާޅުވެދެއްްވާފައެވެ. އެގޮތުން ފާހަގަކުރެއްވި އެންމެ ބޮޑު ބަދަލަކީ ޖުޑީޝަރީގެ ހިންގުމަށް ގެންނަވަންޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ބަދަލުތަކެވެ. އެގޮތުން ކުރީ ސަރުކާރުން ޖުޑީޝަރީއަށް ގެނައި ބަދަލުތަކުގެ ތެރެއިން ޑީޖޭއޭ ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ ދަށަށް ގެނެސްފައި އޮތް އޮތުމަކީ ޖުޑީޝަރީގެ އިދާރީ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސްވަނީ އެ ނިންމުން ބަދަލުކުރައްވައި ޖުޑީޝަލް ކައުންސިލެއް ގާއިމުކުރެއްވުމަށް ގަސްތުކުރައްވާކަން ހާމަކުރައްވާފައެވެ.

Maldivian_Ads

ޖުޑީޝަލް ކައުންސިލަކީ ކުރިން ގާނޫނުގައި އޮތް ކައުންސިލެއް ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ކައުންސިލު އުވިގެންދިޔަ ކަމަށާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިތުރަށް ދަށު މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް އޮންނަ ޖުޑީޝަލް ކައުންސިލަކީ ޖުޑީޝަރީއާ ގުޅުންހުރި ފަންނީ ކަންކަން ނިންމާ އެންމެ މަތީ ކައުންސިލުގެ ގޮތުގައި އަލުން އިއާދަކުރެއްވުމަށް ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ޖުޑީޝަލް ކައުންސިލަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭހެން އޮންނަ ފަންނީ ދާއިރާގައި ޓެކްނިކަލް ކަންކަމުގައި މަޝްވަރާކުރުމަށް އޮންނަ ކައުންސިލެއް. އެ ކައުންސިލު އުވިގެންދިޔަ. ދެން ޑީޖޭއޭ މިއޮންނަނީ ޖޭއެސްސީގެ ދަށުގައި. ޖުޑީޝަލް ކައުންސިލު އަލުން ރިއެންސްޓޭޓުކުރެވޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި އޭގެ އިތުރަށް އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނެއްގެ ގޮތަށް ޑީޖޭއޭ ބަދަލުވެގެންދިއުން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މިއޮންނަ ގޮތުން ކޯޓުތަކުގައި ފަނޑިޔާރުންނަށްވުރެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ބާރުގަދަވެ، އިސްފަނޑިޔާރަށް ކޯޓުތަކުގެ ހިންގުމުގެ ބާރު ނޯވެއެވެ. އެކަމުގެ ސަބަބުން ކޯޓުތައް ހިންގުމުގައި ވަރަށް ބޮޑެތި އުދަގޫތައް ކުރިމަތިވާ ކަމަށެވެ.

ޖުޑީޝަރީއަށާއި މަޖިލީހަށް އަންނަންޖެހޭ އިސްލާހީ ބަދަލުތަކަކީ ކޮންމެހެންވެސް ގެންނަންޖެހޭ ކަންތައްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ޖުޑީޝަރީއަށް ގެންނަ އިސްލާހުތަކުގެ އިތުރަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެހެން ހިފަހެއްޓުމާއި، މަޖިލީހުގެ ވަކި އަދަދެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުންފަދަ އިސްލާހުތައް ކުރިއަށްގެންދެވުމުގެ ވިސްނުންފުޅު ބަދަލުނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު