ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

14 ވަޒީރަކަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

TTH_Ads
STO_Ads

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގެވުމަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމުގެ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ވުޒާރާތަކުގެ މެންޑޭޓުތައް އަލުން ތަރުތީބުކުރައްވައި މަގާމުގެ ހުވައިކުރެއްވި 14 ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މިބަދަލުތައް ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވީ، ރައްޔިތުން އެދޭ ބަދަލުތައް ސަރުކާރަށް ގެންނެވުމަށް ރައީސަށް ޖާގަދެއްވުމުގެ ގޮތުން ކުރިން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ދިހަ ބޭފުޅަކު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެ ބޭފުޅުން އިސްތިއުފާދެއްވީ ސަރުކާރުގެ ހިންގުމަށާއި އިދާރީ އޮނިގަނޑަށް ގެންނެވުމަށް ރައީސް ގަސްތުކުރައްވާ އިސްލާހީ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

އެ ބޭފުޅުން އިސްތިއުފާދެއްވުމާއެކު ބައެއް ވުޒާރާތައް އެއްކުރައްވައި ކުރިން ހުރި ބައެއް ވުޒާރާތައް އުވާލައްވައި، ވުޒާރާތަކުގެ މެންޑޭޓު މުޅިން އަލަށް އެކުލަވައިލެއްވުމާއެކު، ވުޒާރާތަކުގެ އަދަދުވެސް ވަރަށް ބޮޑަށް މަދުކުރައްވައި 15 ވުޒާރާއެއްގެ މައްޗަށް ސަރުކާރުގެ އިދާރީ އޮނިގަނޑު އަލުން ތަރުތީބުކުރެއްވުމަށް ރައީސް ނިންމެވިއެވެ.

Maldivian_Ads

އެ ނިންމެވުމާ އެއްގޮތަށް އޮނިގަނޑު ތަރުތީބުކުރެއްވުމާއެކު، ކުރިއްސުރެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި އަލަށް ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގެންނެވި ހަތަރު ބޭފުޅަކާއެކު ޖުމްލަ 14 ބޭފުޅުން ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ހުވާކުރައްވާފައިވެއެވެ.

ރުހުން ހޯދުމަށް ނަން ފޮނުއްވި 14 ވަޒީރުން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް – މޫސާ ޒަމީރު
މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ – އަލީ އިހުސާން
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް – އިރުތިޝާމް އާދަމް
މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – ޑރ.އިސްމާއިލް ޝަފީއު
މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާ – ގީލާ އަލީ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވިލޮޕްމެންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓް – މުހައްމަދު ސައީދު
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން – މުހައްމަދު އަމީން
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް – އަބްދުﷲ ރާފިއު
މިނިސްޓްރީ އޮފް އާރްޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް – ހީނާ ވަލީދު
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޕާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް – އަބްދުﷲ މުއްތަލިބް
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ – އަލީ ޝަރީފް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް – ހަސަން ރަޝީދު
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް – އަހުމަދު ޝިޔާމް
ވަޒީރުކަމުގެ ހުވައިކުރެއްވި 14 ބޭފުޅުން އެ މަގާމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސް މިއަދު މަޖިލީހަށް ފޮނުއްވުމުން އެ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވާފައިވެއެވެ.

ކޮމިޓީ މަރުހަލާގައި އެ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށްފަހު ވަޒީރުކަމަށް އެ ބޭފުޅުން އައްޔަންކުރުމާމެދު ކޮމިޓީއަށް ފެންނަ ގޮތެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ބޭފުޅުންނަށް ރުހުން ދިނުމާމެދު އާހިރު ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނެގޭ ވޯޓަކުންނެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވި ބަަދަލުތަކާއި ސަރުކާރުގެ އޮނިގަނޑުގެ ތަރުތީބުތަކަށް ގެންނެވި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ކުރިއަށްވުރެ މަސައްކަތްތައް ސްޓްރީމްލައިންކޮށް، ހިދުމަތްތަކާއި މަޝްރޫއުތައް ހަލުއިކުރެވި ނަތީޖާ ނެރެވޭ މިންވަރު އިތުރުކޮށް ޔަގީންކުރުމެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ދެ ގައުމަކަށް ނޮން-ރެސިޑެންސް ސަފީރުން އައްޔަނުކުރުމަށް ރުހުން ދީފި

dr shamheed

މެންބަރު ޝަމްހީދުގެ ނަން އިއްވައި މަޖިލީހުން ނިކުންނަން އަންގައިފި

majilis

އައިޕީޔޫ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންފި

Majlis

މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގައި ފަށަނީ