ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް 45 ޕަސެންޓު މަސައްކަތް ނިންމައިފި

STO_Ads

ބޮޑުތަކުރުފާނު މަގުމަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް ފަހެއްގެ 45 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހި (ސެގްމެންޓް 2 އިން 5) އަށްވާ ސަރަހައްދުގެ މަސައްކަތް ފެށީ ފާއިތުވި މަހުގެ 24 ގައެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން އިއްޔެ ބުނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް ފަހެއްގެ ފެން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

Maldivian_Ads

“އެ މަސައްކަތުގެ ދަށުން ކާބްސްޓޯން އިންސްޓޯލް ކުރުމާއި، ސައިޑްވޯކް ހެދުމާއި، ލައިޓް ޕޯސްޓް ފުޓިން، ސެޓްލްމަންޓް ޓޭންކް އިންސްޓޯލް ކުރުމާއި، ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތް 50 އިންސައްތަ ނިމިފައިވާ އިރު، ސްޓޯމް ވޯޓާ ކެޗްޕިޓް އަދި ކޭބަލް ޖަންކްޝަން އިންސްޓޯލްމަންޓްގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ނިމޭނެ.” އެމްޓީސީސީން ބުންޏެވެ.

19 އެޕްރިލް 2026: ބޮޑުތަކުރުފާނު މަގު: ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 5ގެ 45 ޕަސެންޓު ނިންމާފައި — ފޮޓޯ/ އެމްޓީސީސީ
މީގެ އިތުރުން ސެގްމަންޓް 2،3 އަދި 4 ގެ ޝީޓް ޕައިލިންގެ މަސައްކަތް ވެސް ތާވަލަށް ވުރެ އަވަހަށް ކުރިއަށްދާ ކަމަށާއި 145 މީޓަރުގެ ޝީޓް ޕައިލިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތަރައްގީކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 04 17 at 17.43.15 (1)

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 04 14 at 14.21.49

ސުނާމީ ބިނާ ސަރަހައްދު މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

Igmh

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

ރަސްފަންނުގައި “ބްރޭކްވޯޓާ ރީޕްރޮފައިލް” މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި