ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީ ސަރުކާރުން ނެގި ސްކޫކް ދެއްކީ ޤައުމުގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި، އިތުރު ދަރަންޏެއް ނުނަގައި: ރައީސް

Raees
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
STO_Ads
TTH_Ads
Advertisement

މިދިޔަ ސަރުކާރުން ނަގާފައިވާ 524 މިލިޔަން ޑޮލަރުގެ ސްކޫކް ދައްކާފައިވަނީ ސަރުކާރުގެ ހަކަތައިން ޤައުމުގެ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކައި އިތުރު އެއްވެސް ދަރަންޏެއް ނުނަގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާބު ވިދާޅުވީ، ނިމުނު އިންތިޚާބުގައި އއ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ނަގާފައިވާ 524 މިލިޔަން ޑޮލަރުގެ ސްކޫކް މި ސަރުކާރުން ޤައުމު ބަނގުރޫޓުނުވެ، ދައްކާފައިވާކަމަށެވެ. މި ސްކޫކް ދައްކާފައިވަނީ ސަރުކާރުގެ ހަކަތައިން ޤައުމުގެ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކައި އިތުރު އެއްވެސް ދަރަންޏެއް ނުނަގައިކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން މި ސްކޫކް ނުދައްކައޭ ބުނި ނަމަވެސް އެކަމުގެ ލިޔެކިޔުންތައް އެމްއެމްއޭއާއި މާލީ ވުޒާރާގައި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ސްކޫކް ކުރީ ސަރުކާރުން ނަގާފައިވަނީ ސަރުކާރުގެ މުހިންމު 4 ބިމެއް ރަހުނުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

 ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތާއި، އިސްކަންދަރު ސްކޫލްގެ ބިމާއި، އައިޖީއެމްއެޗްގެ ބިމާއި، ފިނޭންސް މިނިސްޓްރީ ބިމާއި މި 4 ތަން ހުރީ ރަހުނުކޮށްފައި. މި ހުރިހައި ތަނެއްވެސް މިހާރު އެ ހުރީ ސަލާމަތްވެފައި މީގެތެރެއިން.

HajjCop_ads
Advertisement

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިތުރު ތަންތަންވެސް މިގޮތަށް ރަހުނުކޮށްފައި އެބަހުރިކަމަށެވެ. އެތަންތަންވެސް ސަލާމާތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި މިދިޔަ 2 އަހަރުގެ ތެރޭގައި ގިނަ ދަރަނި ތަނެއް ދައްކާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގެ ތަރައްޤީއަށް 4 ބިލިޔަން ރުފިޔާގެ މަޝްރޫއު އެތައް ސަތޭކަ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްފައިކަމަށާއި، އެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތާނގައިވެސް ސަރުކާރުގެ މަސައްކަތްތައް އިތުރު ބާރުމިނެއްގައި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ “ސަނީ ސައިޑް” ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް މިހާރު މި ސަރުކާރުން ވަނީ އެ ސްކޫކް އަނބުރާ ދައްކާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް މުޢިއްޒުގެ ދެކަނބަލުން ކޮޅުނބުގައި ހުންނަ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ސްރީލަންކާއިން ރައީސްއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

raeees muiz

މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ގެންގުޅެނީ ވަށައިޖެހޭ ސިޔާސަތެއް: ރައީސް