ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 04 17 at 17.43.15 (1)
STO_Ads

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ފަސްވަނަ ސެގްމެންޓުގެ ޖުމްލަ 45 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާގެ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ކާބްސްޓޯން ޖެހުމާއި، ދުވާރު ހެދުމާއި، މަގުބައްތި ޖަހާނެ ތަންތަން ތައްޔާރުކުރުމާއި، ސެޓްލްމަންޓް ޓޭންކުތަކާއި ކޭބަލް ޓްރެންޗްތައް ހެދުމުގެ މަސައްކަތް ވަނީ ދެބައިކުޅަ އެއްބަޔަށް ނިމިފައެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނިންމާލުމަށް ފަހު، ފެން ހިންދާ ނިޒާމުގެ ކެޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

Maldivian_Ads

މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ ޖާގަ ތަނަވަސްކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެކެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 04 14 at 14.21.49

ސުނާމީ ބިނާ ސަރަހައްދު މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

Igmh

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

ރަސްފަންނުގައި “ބްރޭކްވޯޓާ ރީޕްރޮފައިލް” މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

HFdEq6vbkAAw9oH

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ހަތަރެއްގެ ޝީޓް ޕައިލިން މަސައްކަތް ފަށައިފި