ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދާމާ

election
STO_Ads
TTH_Ads
Advertisement

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، މާދަމާ ވޯޓުލުން ކުރިއަށްދާއިރު، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެއްވެސް ބާވަތެއްގެ ކެމްޕެއިން ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

މި އިންތިޚާބުގެ ދެވަނަ ބުރު ޖުމްލަ 5 ދާއިރާއެއްގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ގޮނޑިއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ތެރެއިން ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް މެންބަރުން ހޮވުން ހިމެނެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ދާއިރާތައް ހިމެނޭ ރަށްރަށުގެ އިތުރުން މާލޭގައި ބަހައްޓާ 6 ފޮށި ހިމެނެއެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާނީ ތާޖުދިއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 6,093 މީހަކަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

HajjCop_ads
MMA_Ads
Advertisement

MWSC_ads
Ads_MTCC
MPL_Ads
Advertisement
MMA_Ads
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ

election

ހިތަދޫ އުތުރު ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް

މީދޫ ކައުންސިލުގެ އިތުރުބުރަށް، ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި