ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި

43
STO_Ads
TTH_Ads
Maldivian_Ads
Advertisement

2014 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރި ނޯތު ޕޮލިސް ޑިވިޝަންގެ ކުރީގެ ކޮމާންޑަރު އަޙްމަދު ޝިޔާމް އަލުން ވަޒީފާއަށް ނެރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޝިޔާމް ވަޒީފާއިން ވަކިކުރީ މެއި 2014 ގައެވެ. އެއީ ނޯތު ޕޮލިސް ޑިވިޝންގެ ކޮމާންޑަރަކަށް ހުންނެވިއިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ 2019 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން، 2020 ގައި އެ ކޯޓުން ނިންމީ އޭނާ ވަކިކުރީ ރަނގަޅަށް ކަމަށެވެ. އެ ހުކުމް 2021 ގައި ޝިޔާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

HajjCop_ads
Advertisement

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ޝިޔާމް ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ އެކަށީގެންވާ ހެކި ނެތި ކަމަށެވެ. އެހެންކަމުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުރިހަމަ ތަހުގީގަކަށްފަހު ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރުން ނިންމެވިއެވެ.

އެހެންކަމުން ޝިޔާމަަށް އަލުން ވަޒީފާ ދިނުމަށާއި އޭނާ އަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވި މީހެއް ކަމުގައި ނުބެލުމަށާއި ވަޒީފާއިން ވަކިވި ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަޖެއްސުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދިނުމަށް ފުލުހުންގެ އިދާރާގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް ބަލަނީ

Saeed

ތިން މިނިސްޓްރީ ރޯވި މައްސަލައިގެ މައުލޫމާތެއް ނޭނގޭ: ޔާމީން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި

އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި