ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ކަނޑުއޮޅި ބްލޮކްކުރަން ގޮސްއުޅޭ އެމެރިކާގެ ކަނޑުގެ ލަޝްކަރު ފަހަތަށް ޖެހިއްޖެ

TTH_Ads
STO_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅި ބްލޮކްކުރަން ގޮސްއުޅޭ އެމެރިކާގެ ކަނޑުގެ ލަޝްކަރު ފަހަތަށް ޖެހިއްޖެއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ބިޔަ މަނަވަރު އަބްހަމް ލިންކަން ހިމެނޭ ލަޝްކަރު ފަހަތަށް ޖެހުނީ އީރާނުގެ ކަނޑުގެ ސިފައިންގެ ހަމަލާދޭ ކުދި ބޯޓުތަކުގެ ނުރައްކާ ބޮޑުވެގެންނެވެ.

އީރާނުގެ ކަނޑުގެ ސިފައިން ގެންގުޅޭ ހަމަލާދޭ ކުދި ބޯޓުތަކަކީ މިސައިލް ހަރުކޮށްފައިވާ، ވަރަށް ބާރު ސްޕީޑްގައި ދުވާ ބޯޓުތަކެކެވެ. އީރާނުގެ ކަނޑުގެ ސިފައިން ގެންގުޅޭ ކުދި ބޯޓުތަކުގެ ތެރޭގައި މީހަކާ ނުލައިވެސް ދަތުރުކުރާ ބޯޓުތައްވެސް ހިމެނެއެވެ.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ހޮރްމޫޒު ކައިރިއަށް ކަނޑުގެ ލަޝްކަރެއް ގޮސްގެން އުޅެނީ، ހޮރްމޫޒުން ދަތުރުކުރާ އީރާނުގެ ބޯޓުފަހަރަށް ހުރަސް އެޅުމަށެވެ. އެގޮތުން، އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އަދި އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ބޯޓުފަހަރު ހުއްޓުވަން އެމެރިކާ ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނަނީ، ހޮރްމޫޒު ހުރަސްކުރަން އުޅުނު 10 ޓޭންކަރަކަށް އެމެރިކާ ސިފައިން ހުރަސްއަޅައި ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނަނީ އޭގެ ތެރެއިން 7 ޓޭންކަރު ދަތުރުކޮށްފައިވާ ކަމަށެވެ.

އީރާނުން ތަކުރާރުކޮށް ގެންދަނީ، ހޮރްމޫޒު ކަނޑުއޮޅިއަށް ހުރަސް އަޅާނަމަ އެމެރިކާގެ ހުރިހާ މަނަވަރުތަކެއް ގޮއްވާލާނޭ ކަމުގެ އިންޒާރުތައް ދެމުންނެވެ.

އެމެރިކާގެ ހުރަސް އެޅުންތަކާ އެކުވެސް، އީރާނުގެ ޓޭންކަރުތަކާއި، ބޯޓުތައް ދަނީ ހޮރްމޫޒުން ދަތުރު ކުރަމުންނެވެ.

އެކަމަކު، އެމެރިކާއިން ހުރަސް އަޅާތީ އޭގެ އަސަރު އީރާނަށް ދަނީ ކުރަމުންނެވެ. އެހެންވެ، އީރާނުންދަނީ ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ.

އީރާނުގެ، ބާރު ސްޕީޑްގައި ދުވާ ހަމަލާދޭ ކުދި ބޯޓުތަކުގެ ނުރައްކާ އެމެރިކާގެ ލަޝްކަރަށް ފޯރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްށް ޓްރަމްޕްވެސް އިއުތިރާފް ވެފައި ވެއެވެ. ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ޓްރަމްޕް ބުނެފައިވަނީ އީރާނުގެ ކުދި ބޯޓުތަކުން އެމެރިކާ ކަނޑުގެ ލަޝްކަރަށް ނުރައްކާ ކުރާނަމަ، ވެނެޒުއެލާގައި ހެދިގޮތަށް އީރާނުގެ ބޯޓުތަކަށްވެސް ބޮންއަޅައި ގޮއްވާލާނޭ ކަމަށެވެ.

އެމެރިކާގެ ލަޝްކަރަށް އީރާނުން ނުރައްކާ ކުރި ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ތިބުމުން އީރާނުން އެއްވެސް ހަމަލާއެއް ނުދެއެވެ. އަދި އެމެރިކާއިންވެސް އީރާނުގެ ބޯޓަކަށް ހަމަލާއެއް ނުދެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ހަމަލާތައް ހުއްޓާލައިގެން ތިއްބަސް، އެމެރިކާގެ މަނަވަރުތައް ހޮރްމޫޒު ކަނޑުއޮޅިއަށް ވަދެއްޖެނަމަ ހުރިހާ މަނަވަރުތަކެއް ގޮއްވާލާނޭ ކަމުގެ އިންޒާރު، އީރާނު އަސްކަރިއްޔާގެ ބައެއް ވެރިން ގެންދަވަނީ ދެއްވަމުންނެވެ.

އެމެރިކާއިން ހޮރްމޫޒަށް ހުރަސްއަޅާނަމަ ފާރިސީ ކަނޑާއި، އުމާން ކަނޑާއި އަދި ރަތް ކަނޑު ބަންދުކުރަން ޖެހިދާނޭކަމުގެ އިންޒާރުވެސް އީރާނުން ގެންދަނީ ދެމުންނެވެ. އެ ކަނޑުތަކަށް އީރާނުން ހުރަސްއަޅައިފިނަމަ ދުނިޔެ ތެލަށާއި މުދަލަށްޖެހި، ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދުތައް އިނދަޖެހިގެންދާނެއެވެ.

ބައިނަލްއަގްވާމީ މީޑިއާ ވަސީލަތްތަކުން ބުނަނީ، އީރާނުގެ ހުރަސްއެޅުންތަކާއި އިންޒާރުތަކުގެ ސަބަބުން އެމެރިކާގެ ލަޝްކަރު މިހާރު އިތުރަށް ފަހަތަށް ޖެހިފައިވާ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި

ހޮރްމޫޒުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތުގައި ބައިވެރިނުވާނަން: ފްރާންސްގެ ރައީސް

ގަދަބާރުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުގެ އޮޕަރޭޝަނެއް މިއަދު ފަށަން އެމެރިކާ ސިފައިން ތައްޔާރުވެއްޖެ

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް