ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 6093 މީހުންނަށް

election
TTH_Ads
STO_Ads
Advertisement

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި، 6093 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސް ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

ދެވަނަ ބުރުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި، ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު އިލްކްޝަންސް އިން އާންމުކޮށްފައިވެ އެވެ . މި ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާނެ އެވެ. ސޮއިކުރުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒުގަ އެވެ.

HajjCop_ads
Advertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިތުރުން މާލޭގަ އެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ނިންމާފައިވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ދެވަނަ ބުރުގައި 6093 މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވެ އެވެ. މީގެތެރެއިން ކެލާ އިންތިޚާބުގައި 1729 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު، ނޭކުރެންދޫ އިންތިޚާބުގައި 1،056 މީހުން، ދޮންފަނު އިންތިޚާބުގައި 441 މީހުން، މާވަށު އިންތިޚާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިޚާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ދާއިރާތަކަށް މާލޭގައި ހަ ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ނިންމާފައިވެ އެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައި އިލެކްޝަން: ސައީދަށް ކެންޑިޑޭޓު ނަންބަރު 1، ސާދިގަށް ކެންޑިޑޭޓު ނަންބަރު 2

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިއަދު

Yameen PNF

ޕީއެންއެފްގެ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލު ތަކުރާރުވާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Election commissioner

އެމްޑީޕީއާ ޕީއެެންއެފްގެ ހަރަކާތްތައް ޤާނޫނީ އިމުން ބޭރަށް، އީސީގެ ނަސޭހަތުގެ ސިޓީއެއް