ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެންބަރު ޝަމްހީދުގެ ނަން އިއްވައި މަޖިލީހުން ނިކުންނަން އަންގައިފި

dr shamheed
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލިސް އިން ނުކުތުމަށް އަންގައިފިއެވެ.

ޝަމްހީދުގެ ނަން އިއްވައި މަޖިލީހުން ނިކުންނެވުމަށް އެންގެވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ބަހުސްގައި، ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކައަކާ ގުޅިގެން ނެންގެވި ނިޒާމީ މައްސަލައަށް ރިޔާސަތުން ފުރުސަތު ނުދެއްވުމުން އަޑުގަދަ ކުރައްވައި އެ މެންބަރުގެ ވާހަކައަށް ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވުމުންނެވެ.

މައްސަލަ ހޫނުވީ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ގާއިމުކުރުމަށް ބިލުގައި ހިމަނާފައި ވަނީ އިންޝުއަރެންސް ކުންފުންޏެއްގެ ތެރެއިން ރިޔާސީ އިންތިހާބަށް ފައިސާ ހޯދަން އެމްޑީޕީން ފައިދާ ހޯދައިދިނުމަށް ކަމަށް ވިދާޅުވެ ޝުޖާ ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.

HajjCop_ads
Advertisement

އެ ކަމާ ގުޅިގެން ޝަމްހީދު ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވިއެވެ.

ނަމަވެސް ރިޔާސަތުން ފުރުސަތު ނުދެއްވުމުން، ޝުޖާގެ ކުރިމައްޗަށް ވަޑަައިގެން ޝަމްހީދު ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވިއެވެ.

އެކަމާ ގުޅިގެން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، މެންބަރަކު ވާހަކަ ދައްކަވަނިކޮށް ހުރަސް ނޭޅޭނެކަމަށް މަޖިލިސް ގަވާއިދު އޮންނާނެ ކަމަށެވެ. އެހެންކަމުން މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އެންގެވިއެވެ.

އެއަށްފަހުވެސް ނިޒާމީ މައްސަލަ ނަންގަވައި ޝަމްހީދު އަޑުގަދަ ކުރެއްވުމުން ރިޔާސަތުން ވިދާޅުވީ، މަޖިލިސްގެ ނިޒާމު ގެއްލިފައިނެތް ކަމަށާއި، ނިޒާމީ މައްސަލައަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ބޭނުންހާ ވާހަކައެއް ދެއްކެވުމަށް ނިޒާމީ މައްސަައަަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ތަކުރާރުކޮށް އަންގަވައި ޝަމްހީދުގެ ނަން އިއްވަވައި މަޖިލީހުން ނުކުންނެވުމަށް އެންގެވިއެވެ.

އޭގެ ފަހުން ޝަމްހީދު ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އެލްޖީއޭގެ މުވައްޒަފުން ސީއެސްސީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި

majilis naib raees nazim

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަން ގަރާރެއް ހުށަހަޅައިފި

ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް ޝަރީފު

majilis naib raees nazim

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ މަސައްކަތް ފަށައިފި