ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއިން ހޮރްމޫޒަށް ހުރަސްއަޅައި އަދި އީރާނަށް ދެން ލިބިފައިވާ ބާރުގެ ބޭނުންކޮށްފިނަމަ ދުނިޔެއަށް މާނުރައްކާ!

ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު 3 ކަނޑުއޮޅި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްތތަމްޕް ސިފައިން ފޮނުވައިގެން ހޮރްމޫޒު ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއަޅައިފިނަމަ ދެން ކުރިމަތިވާނޭ ނުރައްކާ މާ ބޮޑުކަމަށް، ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.

އެއީ، ދުނިޔޭގައި ކަނޑުމަގުން ތެލާއި މުދާ އުފުލާ ދެވަނަ ކަނޑުއޮޅި ބަންދުކުރުމުގެ ބާރު އީރާނަށް ލިބިފައިވުމާއި، އީރާނުން އެކަން ކުރަން ދިމާކޮށްފާނެތީއެވެ. އެއީ، ބާބުލް މަންދަބް ކަނޑުއޮޅިއެވެ.

ބާބުލް މަންދަބްއަކީ ހޮރްމޫޒަށް ވުރެންވެސް ދުނިޔެއަށް މުހިންމު ކަނޑުއޮޅިއެކެވެ. ސަބަބަކީ ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ މަދުވެގެން 12 އިންސައްތަ ހުރަސްކުރަނީ ބާބުލް މަންދަބުން ކަމަށްވާތީއެވެ. ޚާއްސަކޮށް ތެލެވެ. އަދި ދުނިޔޭގެ ޝިޕިންގެވެ. އެ ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔެއަށް ތެލުގެ ޝޮކެއް އަންނާނެއެވެ.

އެ ކަނޑުއޮޅި ބަންދުވެއްޖެނަމަ ސަޕްލައި ހުއްޓި، ޝިޕިންގއަށް ހުރަސްއެޅި، ދުނިޔޭގައި ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، އިގްތިސާދުތައް ފުނޑުފުނޑުވެގެންދާނެއެވެ.

ބާބުލް މަންދަބަކީ ރަތްކަނޑުގެ ދެކުނުކޮޅުން ޔަމަނާއި ޖިބޫޓީއާ ދެމެދު އޮންނަ ވަރަށް ހިމަ ކަނޑުއޮޅިއެކެވެ. ބާބުލް މަންދަބު އޮންނަނީ އިންޑިއާ ކަނޑުގައި އޮންނަ ގަލްފް އޮފް އަދަންއާވެސް ގުޅިފައެވެ. އެއީ ޔަމަނުގެ ކަނޑުގެ ބޯޑަރާވެސް ގުޅިފައިވާ ކަނޑުއޮޅިއެކެވެ.

ޔަމަނުގައި ވެރިކަންކުރާ ހޫޘީންނަކީ އީރާނާ ގުޅިފައިވާ ބައެކެވެ. އީރާނުން އަންގައިފިނަމަ ހޫޘީން ބާބުލް މަންދަބު ބަންދުކުރާނޭ ކަމީ ޔަގީންވާ ކަމެކެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް އުދުވާނީ ހަމަލާތައް ދެމުންދިޔަ ދުވަސްތަކުގައި، ބާބުލް މަންދަބް ބަންދުކުރަން ޖެހިދާނޭ ކަމުގެ އިންޒާރު ހޫޘީން ދީފައިވެސް ވެއެވެ. ހޫޘީން އިންޒާރު ދިނީ، އީރާނާ ދެކޮޅަށް ހަނގުރާމަކުރަން ގަލްފްގެ ގައުމުތަކުން ސީދާގޮތުން ބައިވެރިވެއްޖެނަމަ އަދި އެމެރިކާ ސިފައިން އެއްގަމުމަގުން އީރާނަށް އަރައިގެންފިނަމަ ބާބުލް މަންދަބް ބަންދުކުރާނޭ ކަމަށެވެ.

ބާބުލް މަންދަބު ބަންދުކޮށްފިނަމަ ތެޔޮ ޓޭންކަރުތަކާއި، އާގު ބޯޓުފަހަރަށް ދަތުރުކުރަން ޖެހޭނީ އެފްރިބާ ބައްރު ވަށާލާފައެވެ. އެގޮތަށް ކަންތައް ދިމާވެއްޖެނަމަ ދުނިޔޭގެ ގައުމުތަކަށް މުދަލާއި ތެޔޮ ލިބުން ލަސްވުމާއި، ފްރައިޓް އަގު ބޮޑުވުމާއި، ތެލުގެ އަގުތައްވެސް އިންތިހާއަށް މައްޗަށް އުފުލިގެން ދިއުމުގެ ބިރު އެބައޮތެވެ.

މިގޮތަށް ކަންތައް ހިނގައިފިނަމަ ސަރަހައްދީ ހަނގުރާމައެއް ފެށުމުގެ ބިރުވެސް އެބައޮތެވެ.

އެހެންކަމުން، ތަޖުރިބާކާރުން ވިދާޅުވަނީ، އީރާނުގެ އަތުގައި އޮތީ ހޮރްމޫޒުގެ ބާރު އެކަނި ނޫން ކަމަށާއި، އެނޫން ކިތަންމެ ބާރެއް އެބައޮތް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ޕްރެޝަރ ކުރަން ހޮރްމޫޒުގެ ދަތުރުފަތުރަށް ހުރަސްއަޅާނަމަ އެމެރިކާއަށް އެއަށްވުރެ ބޮޑު ޕްރެޝަރެއް ކުރިމަތިކުރާނެ ކިތަންމެ ގޮތްތަކެއް އީރާނުގައި އެބަހުރި ކަމަށާއި، ބާބުލް މަންދަބު ބަންދުކޮށް ދުނިޔޭގެ އިގްތިސާދު “ކޮށިއަރުވާލުމުގެ” ބާރަކީވެސް އެއްކަންތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ބަނދަރުތަކަށް ނުރައްކާ ކޮށްފިނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކަށް ރައްކާތެރިކަމެއްނެތް: އީރާނު އަސްކަރިއްޔާ

އީރާނު، އެމެރިކާއަށް ބޮލެއް ނުލެނބި، އެންމެން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕް ހަދާނެގޮތަކަށް

އެމެރިކާގެ މަނަވަރު ގޮއްވާލަން އީރާނުން ދިނީ 30 މިނެޓް، ޓްރަމްޕް އުޅެނީ ވާހަކަތައް ހުއްޓުވައި ހަނގުރާމަ ފަށާނެ ހުއްޖަތެއް ފެނޭތޯ

އީރާނާއެކު ބާއްވާ ވާހަކަތަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް، އިސްލާމްއާބާދަށް ވަޑައިގެންފި