ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޕީޔޫ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންފި

majilis
TTH_Ads
Maldivian_Ads
STO_Ads
Advertisement

އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތުރުކީވިލާތުގެ އިސްތަންބޫލަށް ފުރާވަޑައިގެންފިއެވެ.

ތުރުކީވިލާތުގެ ގްރޭންޑް ނެޝަނަލް އެސެމްބްލީން އިންތިޒާމުކޮށްގެން ބާއްވާ މި މުހިންމު ބައްދަލުވުން ކުރިއަށްދާނީ މި އެޕްރީލް މަހުގެ 15 އިން 19 ގެ ނިޔަލަށެވެ. މިފަހަރުގެ އެސެމްބްލީގެ މައިގަނޑު ބަހުސް އަމާޒުކޮށްފައިވަނީ “އުންމީދު ދިރުވައި، ޞުލްޙަ ކަށަވަރުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ޢަދުލު އިންސާފު ޔަގީންކުރުން” މި މައުޟޫޢުގެ މައްޗަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިނގަމުންދާ މި ނާޒުކު ދަނޑިވަޅުގައި، މިއީ މައްސަލަތަކަށް ޞުލްޙަވެރި ޙައްލުތަކެއް ހޯދުމަށް ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ މެންބަރުންނަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ. ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތައް ތަމްސީލުކުރާ އެންމެ ބޮޑު ޖަމާޢަތް ކަމަށްވާ އައިޕީޔޫގެ މި އެސެމްބްލީގެ ތެރެއިން އެ ޖަމާޢަތުގެ ގަވަނިން ކައުންސިލާއި، ސްޓޭންޑިން ކޮމިޓީތަކާއި، އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީ އަދި މެދުއިރުމައްޗާ ބެހޭ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށްދާނެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަކުރެވިފައިވާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އައިޕީޔޫގެ ނުވަ ވަނަ ސެކެޓެރީ ޖެނެރަލް އިންތިޚާބުކުރުން ވެސް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި