ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

88887

ޑެންގީ ހުން ޖެހިގެން ހާލަތު ގޯސްވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދިޔަ 23 އަހަރުގެ ޒުވާނާ މިއަދު ނިޔާވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ނަބްހާން ފުރަތަމަ ހުން އައިސްގެން ފަރުވާ ހޯދީ ށ. މިލަންދޫގައެވެ. އެއަށްފަހު ހާލަތު ގޯސްވުމުގެ ސަބަބުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކޮށް، އިއްޔެގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ. މިލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އެ ރަށުގައި ޑެންގީ ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.

މިދިޔަ ނޮވެމްބަރުން ޖެނުއަރީއަށް: 30 ކޭސް

ރަމަޟާން މަހު އެކަނި: 15 ކޭސް

އޭޕްރީލް މަހު މިހާތަނަށް: 5 ކޭސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޑެންގީ ޖެހޭ މިންވަރު ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ.

ޑެންގީ ފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ޑެންގީ ހުން ޖެހިގެން 23 އަހަރުގެ ޒުވާނަކަށް އައިސީޔޫގައި ފަރުވާދެނީ

HFcBWyha8AIBfUw

ފިހުނު ބިދޭސީ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

Igmh

ޚަބަރު ހުސްވެފައި އޮތް ބިދޭސީއަކަށް ފަރުވާދެނީ

north harbour male

ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ފަރުވާދެނީ