ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ބަނދަރުތަކަށް ނުރައްކާ ކޮށްފިނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކަށް ރައްކާތެރިކަމެއްނެތް: އީރާނު އަސްކަރިއްޔާ

ހޮރްމޫޒު ކަނޑުއޮޅި

އީރާނުގެ ބަނދަރުތަކަށް ނުރައްކާ ކޮށްފިނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކަށް ރައްކާތެރިކަމެއް ނެތްކަމަށް އަންގައި، އީރާނުން ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

އީރާނު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ބަނދަރުތަކަށް އަންނަ އަދި ބަނދަރުތަކުން ފުރައިގެންދާ ހުރިހާ ބޯޓުފަހަރަށް ހުރަސްއަޅަން އެމެރިކާއިން ނިންމާފައިވާ ނިންމުން މިއަދު ތަންފީޒުކުރަން ފަށަން ތައްޔާރު ވެފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގުމާ އެއްގޮތަށް އީރާނުގެ ބަނދަރުތަކަށް ހުރަސްއަޅަން އެމެރިކާ ސިފައިން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖީއެމްޓީ ގަޑިން މެންދުރު 14:00 ގައެވެ.

މީގެ ބޭނުމަކީ އީރާނުން ތެޔޮ ބޭރުވިޔަނުދީ އީރާނަށް ދަތިކުރުމެވެ.

އީރާނުގެ ބަނދަރުތަކަށް އަންނަ އަދި ބަނދަރުތަކުން ފުރައިގެންދާ ބޯޓުފަހަރަށް ހުރަސްއެޅި ނަމަވެސް، ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރާ އެހެން ބޯޓުފަހަރަށް ހުރަސް ނާޅާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އީރާނު އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ބޯޓުފަހަރު ދަތުރުކުރުމަށް ހުރަސްއެޅުމަކީ ޣައިރުގާނޫނީ އަމަލެއް ކަމަށާއި އެއީ ކަނޑުފޭރުމެއް ކަމަށެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަންނަ އަދި އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ބޯޓުފަހަރަށް ހުރަސްއަޅައި ނުރައްކާ ކުރާނަމަ ސަރަހައްދުގެ އެއްވެސް ބަނދަރެއް ރައްކާތެރި ނުވާނެ ކަމަށް، އީރާނު އަސްކަރިއްޔާގެ ބަޔާނުގައި ވެއެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ދަތިކޮށްފިނަމަ އަރަބި ކަނޑުގެ ބަނދަރުތަކާއި އޮމާން ކަނޑުގެ އެއްވެސް ބަނދަރެއް އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭނޭ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.

އީރާނު އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، އީރާނުގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ދިފާއުކުރުމަކީ އީރާނު އަސްކަރިއްޔާގެ މައްޗަށް އޮތް ގުދުރަތީ ހައްގެއް ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުގެ ބަނދަރުތައް ބްލޮކްކުރާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ދަނީ ލޮޅުންތައް އަރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާއިން ހޮރްމޫޒަށް ހުރަސްއަޅައި އަދި އީރާނަށް ދެން ލިބިފައިވާ ބާރުގެ ބޭނުންކޮށްފިނަމަ ދުނިޔެއަށް މާނުރައްކާ!

އީރާނު، އެމެރިކާއަށް ބޮލެއް ނުލެނބި، އެންމެން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕް ހަދާނެގޮތަކަށް

އެމެރިކާގެ މަނަވަރު ގޮއްވާލަން އީރާނުން ދިނީ 30 މިނެޓް، ޓްރަމްޕް އުޅެނީ ވާހަކަތައް ހުއްޓުވައި ހަނގުރާމަ ފަށާނެ ހުއްޖަތެއް ފެނޭތޯ

އީރާނާއެކު ބާއްވާ ވާހަކަތަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް، އިސްލާމްއާބާދަށް ވަޑައިގެންފި