ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލައިދުބާއީން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށަނީ

Igmh
STO_Ads

ފްލައިދުބާއީ އެއާލައިނުން ރާއްޖެއަށް ޚާއްޞަ ކާގޯ ދަތުރުތަކެއް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ. މިއީ އެ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކާގޯ ދަތުރުތައް ކުރާ ފުރަތަމަ ފަހަރެވެ.

ފްލައިދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވި ގޮތުގައި، މި ދަތުރުތައް ކުރުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ ދީފައެވެ.

މި ޚާއްޞަ ކާގޯ ދަތުރުތައް މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިގޮތަށް މުދާ އުފުލުމުން ބޯޓުގައި ގިނަ އަދަދެއްގެ މުދާ ގެނައުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ދަތުރުތަކަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ފަށާ ދަތުރުތަކެކެވެ.

Maldivian_Ads

ފިރާގު ވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ފްލައިދުބާއީން އިސްނަގައިގެން މި ފެށި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މުދާ ލިބުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު