ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީ މަގުމަތިވުމުން ޕާޓީ ކޮޅަށްޖެހީ އަޅުގަޑު: ގަޕޯ

Gapo

އެމްޑީޕީ ބޮޑެތި އިންތިޚާބުތަކަކުން ބަލިވެ މަގުމަތިވެފައި ވަނިކޮށް، ޕާޓީ އަލުން ކޮޅަށްޖެހީ އޭނާ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ގަޕޯ މިފަދައިން ވިދާޅުވެފައިވަނީ، އާޓީފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައެއް ހޫނުވެ، ގަޕޯ މަގާމުން ވަކިކުރުމަށް 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ލީޑުކުރައްވާ ފެކްޝަނުންނެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވަމުން ގަޕޯ ވިދާޅުވީ، އެ ޖަލްސާގައި ވާހަކަދައްކަވަން ކުރިން ހަމަޖެހިފައި އޮތީ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސާއިންގެ އިތުރުން ކަނޑައެޅިފައިވާ މަދު މެންބަރުންތަކެއް ކަމަށެވެ. ނަމަވެސް ފަހުން ފައްޔާޒާއި ރައީސް ނަޝީދު ގުޅުއްވައި ޖަލްސާގައި ވާހަކަފުޅުދައްކަވަން ބޭނުންފުޅުވާކަމަށް ވިދާޅުވުމުން، އެކަމާމެދު ކެބިނެޓް ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ގޮތެއް އަންގަވާނެކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެހެންނަމަވެސް މަޝްވަރާކުރުމަށް ވަގުތުކޮޅެއް ދެއްވުމަށް އެދިވަޑައިގެންފައި ވަނިކޮށް، ކުއްލިއަކަށް ޖަލްސާ ބޮއިކޮޓްކުރެއްވިކަން އިއުލާންކުރެއްވީ ކަމަށް ގަޕޯ ވިދާޅުވިއެވެ. އަދި އޭގެ އަނެއް ދުވަހު ޖަލްސާއެއް ބާއްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ތިން އިންތިހާބާއި ހަތަރު ބައި އިލެކްޝަނުން ޕާޓީ ފެއިލްވެ މަގުމަތިވުމުން، ޕާޓީ ނަގައި ކޮޅަށްޖެހީ އޭނާ ކަމަށް ގަޕޯ ވިދާޅުވިއެވެ. އަދި މިއަދު ޕާޓީއަށް ލިބޭ ކާމިޔާބީގެ ކްރެޑިޓް އޭނާއަށް ދޭން ނުބުނާ ކަމަށާއި، އެއީ ދާއިރާތަކުގެ އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތް ކަމަށްވިޔަސް އެ ހަގީގަތް މިއަދު ގަބޫލުކުރަންޖެހޭނެ ކަމަށްވެސް ގަޕޯ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ނަޝީދާއި ސޯލިހު ހިމެނޭގޮތަށް އެމްޑީޕީ ހިންގަން ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފި

Screenshot 2026 04 11

ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މިރޭ، 5 މެންބަރުންގެ ކޮމިޓީއެއްވެސް އުފައްދައިފި

43

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އުނބަށް ޖަހައިފި، ވަކިކުރި ދެ ބޭފުޅުންގެ މަގާމު އިޔާދަކުރަނީ

43

ގަޕޯ ވަކިކުރުމާ މެދު ގޮތެއް ނިންމަން ހޯމަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ