ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

43

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މެއި މަހުގެ ތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް އަމާޒަކީ ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އާ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުން ކަމަށް ލަންކާއިން ބުނެއެވެ.

ސްރީލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސްއިން ބުނީ، މި ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތް ގުޅިގެން މަސައްކަތްކުރެވޭނެ އާ ދާއިރާތަކެއް ހޯދުމަށް މިހާރު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފަށާފައި ކަމަށެވެ.

މިއީ ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން، ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދްރަސޭކަރް އާއި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވަނީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ޕާލަމެންޓް ކޮމްޕްލެކްސްގައި މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ބީ.ކޭ. ކޮލިތަ ކަމާލް ޖިނަދާސަ ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި މުދާ ފޯރުކޮށްދިނުމުގެ ސީދާ ނިޒާމެއް ގާއިމުކުރުމަށެވެ. މިހާރު ސްރީލަންކާގައި އުފައްދާ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރަނީ ދުބާއީ ފަދަ ތަންތަން މެދުވެރިކޮށް ނުވަތަ އެހެން މެދުވެރިން މެދުވެރިކޮށެވެ.

މިނިސްޓަރު ޗަންދްރަސޭކަރް ވިދާޅުވި ގޮތުގައި، މެދުވެރިންނާ ނުލައި ސީދާ ވިޔަފާރީގެ މަގުތައް ހުޅުވާލުމުން ދެ ގައުމަށް ވެސް އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. އަދި މީގެ ސަބަބުން ޚަރަދުތައް ކުޑަވެ، ވިޔަފާރީގެ ފައިދާ ބޮޑުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

458659 e117c93b c

ރައީސް މުއިއްޒު މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައިފި

458656 7a155899 8

އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާކް ރައީސް ހުޅުއްވައިދެއްވައިފި

458379 5a48a80a 6

އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ލިބޭ ދާއިރާތައް އަންނަ މަހުން ފެށިގެން ފުޅާވާނެ: ރައީސް