ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަޝީދާއި ސޯލިހު ހިމެނޭގޮތަށް އެމްޑީޕީ ހިންގަން ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފި

43

އިދިކޮޅު މައި ޕާޓީ، އެމްޑީޕީ ހިންގުމަށް ޓަކައި ލަފާދޭ ހާއްސަ އިންޓަރިމް ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ޞާލިޙް ހިމެނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ ޕާޓީގެ ދާއިމީ ޗެއާޕާސަންއަކު އިންތިޚާބު ކުރެވެންދެން ޕާޓީ ހިންގުމުގައި މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދިނުމަށެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އަލަށް އެކުލަވާލި މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.

މީގެ އިތުރުން ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި ޕީޖީ ލީޑަރު އިބްރާހީމް ނާޒިލާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ހިމެނިވަޑައިގަންވަ އެވެ.

މި ކަންކަން ނިންމާފައިވަނީ ވަގުތީ ޗެއާޕާސަން ގަފޫރު ހުށަހެޅުއްވި ގަރާރަކުންނެވެ. މި ގަރާރަށް ތާއީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.

މިރޭ ބޭއްވި މި ބައްދަލުވުމަކީ ވަރަށް ކުރު ބައްދަލުވުމެކެވެ. އެއްވެސް ބަހުސަކާ ނުލައި ކުރިއަށްދިޔަ މި ޖަލްސާ ނިންމާލާފައިވަނީ 10 މިނެޓް ވެސް ނުވަނީސް ވޯޓަށް އެހުމަށްފަހުގައެވެ. މި ނިންމުމާއެކު، އެމްޑީޕީގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 04 11

ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މިރޭ، 5 މެންބަރުންގެ ކޮމިޓީއެއްވެސް އުފައްދައިފި

43

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އުނބަށް ޖަހައިފި، ވަކިކުރި ދެ ބޭފުޅުންގެ މަގާމު އިޔާދަކުރަނީ

43

ގަޕޯ ވަކިކުރުމާ މެދު ގޮތެއް ނިންމަން ހޯމަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

88887

އިސްތިއުފާއަށް ގޮވިޔަސް އިސްތިއުފާ ނުދޭނަން: ގަޕޯ