ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ މަނަވަރު ގޮއްވާލަން އީރާނުން ދިނީ 30 މިނެޓް، ޓްރަމްޕް އުޅެނީ ވާހަކަތައް ހުއްޓުވައި ހަނގުރާމަ ފަށާނެ ހުއްޖަތެއް ފެނޭތޯ

އެމެރިކާގެ އަސްކަރީ މަނަވަރެއް، ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރި ކަމަށް ބުނެ އެމެރިކާގެ މީޑިއާއިން ފެތުރި ޚަބަރުތައް އީރާނު ސަރުކާރުން ދޮގުކޮށްފިއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ، އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް ހޮރްމޫޒު ހުރަސްކޮށް އަރަބި ކަނޑަށް ދަތުރު ކޮށްފައިވާ ކަމަށާއި، އީރާނު ސިފައިން އެމެރިކާގެ މަނަވަރުތަކަށް ހުރަސް އަޅާފައި ނުވާ ކަމަށެވެ.

މި ޚަބަރު އެމެރިކާގެ މީޑިއާއިން ފަތުރާފައި މިވަނީ، ހޮރްމޫޒްގައި އީރާނުން އަޅާފައިވާ މައިންތައް ނަގައި ސާފުކުރުމުގެ މަސައްކަތް އެމެރިކާ ސިފައިން ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށެވެ.

ނަމަވެސް، އީރާނު ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އީރާނު ދައުލަތުގެ މީޑިއާއާއި، އީރާނު ސަރުކާރުގެ އެހެން މީޑިއާ ވަސީލަތްތަކުން ބުނެފައިވަނީ، އެމެރިކާއިން ފަތުރަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ބުނެފައިވަނީ، އެމެރިކާގެ އަސްކަރީ މަނަވަރެއް ހޮރްމޫޒު ކަނޑުއޮޅިއާ ދިމާއަށް މިސްރާބު ޖެހި ކަމަށާއި، އީރާނުގެ ހުއްދަނެތި ހޮރްމޫޒަށް ވަންނާން އުޅޭތީ، ޕާކިސްތާން މެދުވެރިކޮށް އެމެރިކާއަށް އިންޒާރު ދިން ކަމަށް ބުނެފައި ވެއެވެ.

އަދި އެމެރިކާގެ އަސްކަރީ މަނަވަރަށް އީރާނުން ދިނީ 30 މިނެޓް ކަމަށާއި، މަނަވަރުގެ ދަތުރު ކުރިއަށް ގެންދާނަމަ ގޮއްވާލާނޭ ކަމުގެ އިންޒާރު ދިނުމުން އަނބުރާ އައިކޮޅަށް ގޮސްފައިވާ ކަމަށް، އީރާނުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

އެމެރިކާގެ މަނަވަރު ފުރައިގެން އައީ ޔޫއޭއީގެ ފުޖައިރާއިން ކަމަށާއި، އީރާނުން އިންޒާރު ދިނުމުން އަނބުރާ ޔޫއޭއީއާ ދިމާއަށް ގޮސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުން ދިން އިންޒާރުގައި ބުނެފައިވަނީ، 30 މިނެޓް ތެރޭގައި މަނަވަރު  ގޮއްވާލާނެ ކަމަށާއި، އަދި އެމެރިކާއިން އެކަން ކުރިއަށް ގެންދާނަމަ ޕާކިސްތާނުގައި ކުރިއަށްދާ ވާހަކަތަކަށްވެސް އޭގެ އަސަރު ކުރާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ، ވާހަކަތަކަށް ހުރަސްއަޅައި ހަނގުރާމަ ފަށާނެ ހުއްޖަތެއް ފެނޭތޯ މަސައްކަތް ކުރަމުންނެވެ. އަސްކަރީ މަނަވަރުތައް ހޮރްމޫޒާ ދިމާއަށް ފޮނުވުމަކީވެސް އޭގެ ބައެކެވެ.

ހޮރްމޫޒުން މައިންތައް ނަގައި ސާފުކުރުމުގެ މަސައްކަތަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ޓްރަމްޕް އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި މެސެޖް ޕޯސްޓްކުރުމާއެކު ޕާކިސްތާނުގައި ކުރިއަށްދާ ވާހަކަތަކުގެ ބައިވެރިންގެ މެދުގައި އެކަމުގެ ނުތަނަވަސްކަން ފެތުރިގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނާއެކު ބާއްވާ ވާހަކަތަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް، އިސްލާމްއާބާދަށް ވަޑައިގެންފި

ވާހަކަތަކަށް އީރާނު ވަފުދު ޕާކިސްތާނުގައި، އެމެރިކާ ވަފުދު އަދި ނާދޭ

އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ފެށިދާނެ ކަމާމެދުވެސް ސުވާލު އުފެދޭން ފަށައިފި

ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނު އަސްކަރިއްޔާއާ ކޯޑިނޭޓްކޮށްގެން: އީރާނު ޚާރިޖީ ވަޒީރު