އެމްޑީޕީގެ ޗެއާޕާސަނަށް ލަފާ ދިނުމަށް އެ ޕާޓީގެ ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލައި ބޮޑެތި ބަދަލުތަކެއް ގެނައުން ފާސްކުރަން ޤައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންްތަކެއް އުފެދިފައެވެ. ނިމިދިޔަ ކައުންސިލް އިންތިޚާބަށްފަހު އުފެދުނު ޚިޔާލުތަފާތުވުންތައް މިހާރު ޙައްލުކުރެވިފައިވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިނަމަވެސް އޭގެ ތަފްސީލެއް އަދި ހާމަ ނުކުރެއެވެ.
އެޕާޓިންމިހާރު ވަނީ ޗެއަރޕާސަނަށް ލަފާދިނުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު (އިބޫ)
- ކުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއިލް
- ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
- ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޟަށް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން ކިޔާލުތަފާތުވެ ވަނީ މައްސަލަ ހޫނުވެފައެވެ. އަދި ވަގުތީ ޗެއާޕާސަން ޣަފޫރު މަގާމުން ދުރުކުރުމުގެ މަސައްކަތްވެސް ފަށައި ވަނީ ސޮއިހަމަކޮށްފައެވެ. ނަމަވެސް މަޝްވަރާތަކާ ހެދި ޕެޓިޝަން ބޭރުކުރަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު