ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާއެކު ބާއްވާ ވާހަކަތަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް، އިސްލާމްއާބާދަށް ވަޑައިގެންފި

އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް

އީރާނާއެކު ބާއްވާ ވާހަކަތަކަށް، އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް އިސްލާމްއާބާދަށް ވަޑައިގެންފިއެވެ.

އެމެރިކާގެ ނައިބް ރައީސް ދަތުރުކުރެއްވި ބޯޓު އިސްލާމްއާބާދީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

އެމެރިކާގެ ނައިބް ރައީސްގެ ކުރިން، އެމެރިކާ ވަފުދުގައި ހިމެނޭ ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފާއި، ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނަރވެސް ވަނީ އިސްލާމްއާބާދަށް ގޮސްފައެވެ.

އެމީހުންގެ ދަތުރުގެ އެއްވެސް ފޮޓޯއެއް ވީޑިއޯއެއް ޕާކިސްތާނުން އަދި ހާމައެއް ނުކުރެއެވެ.

ވާހަކަތަކުގައި ނައިބް ރައީސް ޖޭޑީ ވެންސް ބައިވެރިވުމަށް ޑިމާންޑްކުރީ އީރާނުންނެވެ. އީރާނުގެ އެ ޑިމާންޑަށް ޓްރަމްޕަށް ޖެހުނީ އެއްބަސްވާށެވެ. ސަބަބަކީ، ވިޓްކޮފާއި، ކުޝްނަރއަށް އީރާނުން އިތުބާރު ނުކުރާތީއާއި، އެމީހުންނާ ވާހަކަ ދައްކަންވެސް ބޭނުން ނުވާ ކަމަށް އީރާނުން ބުނުމުންނެވެ.

ނައިބް ރައީސް ޖޭޑީ ވެންސާއި، ވިޓްކޮފް، ކުޝްނަރގެ އިތުރުން، އެމެރިކާގެ ވަފުދުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރާއި، އެނޫންވެސް އިސް ވެރިންތަކެއް ހިމެނެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އިސްލާމްއާބާދުގައި ބާއްވާ ވާހަކަތައް މިއަދުގެ ވަގުތެއްގައި ފެށޭނެއެވެ. ވާހަކަތައް ފެށުމުގެކުރިން އީރާނު އަދި އެމެރިކާ ވަފުދުގެ ވެރިންނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، އީރާނު އެމެރިކާ ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނެރުމަށް ޕާކިސްތާނުން ގަދައަޅައި މަސައްކަތް ކުރާނޭ ކަމަށެވެ.

އެމެރިކާގެ އެންމެބޮޑު ޑިމާންޑަކަށް މިވަގުތު ފެންނަނީ ހޮރްމޫޒު ކަނޑުއޮޅި އެއްކޮށް ހުޅުވުމުވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވާހަކަތަކަށް އީރާނު ވަފުދު ޕާކިސްތާނުގައި، އެމެރިކާ ވަފުދު އަދި ނާދޭ

އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ފެށިދާނެ ކަމާމެދުވެސް ސުވާލު އުފެދޭން ފަށައިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭ ކަމަށްބުނެ ޒަޔަނިސްޓުން ލުބުނާނަށް ބޮންއަޅައި އެތައްބަޔަކު މަރައިފި

ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނު އަސްކަރިއްޔާއާ ކޯޑިނޭޓްކޮށްގެން: އީރާނު ޚާރިޖީ ވަޒީރު