ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

43

މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިމަސައްކަތް ކުރިއަށް ގެންދަނީ ޖަޕާންގެ ކުންފުންޏެއްކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަނުންނެވެ. ޓޯޔޯ ކޮންސްޓްރަކްޝަނަކީ އޭޝިޔާ ބައްރުގައިވެސް ކޮންސްޓްރަކްޝަން ސައިިންސާއި ޑިޒާސްޓަރ ރެސިލިއަންސަށް ޚާއްސަ އުފެއްދުންތެރިކަމަށް މަޝްހޫރު ކުންފުންޏެކެވެ.

މިހާރު ބޭނުން ކުރެވެމުންދާ ބޭރު ތޮއްޓާކީ ހަތަރު ފިޔަވައަސަކަށް ބަހާލައިގެން 1988 އަކުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ޗަޕާނު ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ތޮށިގަނޑެކެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލޭގެ ބޭރުތޮށި ބިނާކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އުދައެރުމުގެ ސަބަބުން ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، މިދިޔަ ފެބްރުއަރީ މަހު ޗަޕާނު ސަރުކާރާއެކު އެއްބަސްވެފައިވާގޮތަށް އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތް ނިމުމުން ރާޅުގަނޑު ސަރަހައްދުން ފެށިގެން ނޯތު ހާބަރާއި ރަސްފަންނު އަދި ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަން

• ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުން.

• ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދު: މި ސަރަޙައްދުގެ ތޮށިގަނޑު މިހާރު ހުރި އުސްމިނަށްވުރެ 70 ސެންޓިމީޓަރު އުސްކޮށް، ރީ-ޕްރޮފައިލް ކުރުން.

• ބޭންކް އޮފް މޯލްޑިވްސް ކުރިމަތި: މި ސަރަޙައްދުގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް، ރީ-ޕްރޮފައިލް ކުރުން.

• މާލޭގައި ޤާއިމުކޮށްފައިވާ 16 ޕަމްޕް ސްޓޭޝަނެއް މޮނިޓަރ ކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް، މަރުކަޒީކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަޕާން ސަރުކާރުގެ އެހީގައި ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ގެންނަނީ

HBwFU5SbsAA6k3F

މާލޭގެ ފެންހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކަށް

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

66

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި