ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިހުނު ބިދޭސީ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

HFcBWyha8AIBfUw

ފ. ފީއަލީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ ބަންގްލަދޭޝްގެ ޑެލޯވާ ނަމަކަށް ކިޔާ 39 އަހަރުގެ ބިދޭސީއެކެވެ. އެނގިފައިވާގޮތުގައި އެމީހާގެ ހަށިގަނޑުގެ %60 ވަނީ ފިހިފައެވެ.

އައިޖީއެމްއެޗުން ބުނީ ފިހުނު މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ފީއަލީ ސިއްޙީ މަރުކަޒުންނެވެ. ނަމަވެސް އޭނާގެ ޙާލު ސީރިއަސްވުމުން އިިއްޔެ ވަނީ މާލެ ގެނެސް ފަރުވާދޭން ފަށާފައެވެ.

މި ހާދިސާގެ ރިޕޯޓް އިއްޔެ ހެނދުނު09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް ވަނީ މި ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:35 ހާއިރުއެވެ.

ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ފީއަލީގައި ފިހުނު ބިދޭސީ މީހާގެ ހާލު ސީރިއަސްވެގެން މާލެ ގެންނަނީ

Photo 6249193758490562312 y

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

43

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

Igmh

ޚަބަރު ހުސްވެފައި އޮތް ބިދޭސީއަކަށް ފަރުވާދެނީ